މާލޭގެ ފިހާރައެއްގެ ތެރޭގައި ހުރި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލި މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފިއެވެ.
ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، ދިލްބަހާރު މަގުގައި ހުންނަ އެ ފިހާރަ ތެރޭގައި ހުރި ދިވެހި ފިރިހެނަކަށް ހަމަލާ ދީގެން ރޭ ދިހައެއް ޖަހާކަންހާއިރު ރިޕޯޓެއް ލިބިފައިވާ ކަމަށެވެ. އޭނާއަށް އައިޖީއެމްއެޗުގައި ފަރުވާ ދިނުމަށްފަހު ރޭގެ ވަގުތެއްގައި ދޫކޮށްލާފައިވާ ކަމަށްވެސް ބުންޏެވެ.
ފުލުހުން ބުނީ، އެ މައްސަލައާ ގުޅިގެން އަދި މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު