ނޭޕާލްގައި ހިނގި ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެންދިއުމުގެ ހާދިސާއާ ގުޅިގެން، އެ ގައުމުގެ ބޮޑުވަޒީރު ކޭޕީ ޝަރްމާ އޮލީއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފިއެވެ.
ރައީސް އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ ހިތާމަވެރި ހާދިސާގައި ނޭޕާލުގެ ގިނަބައެއްގެ ފުރާނަ ގެއްލުނު ހަބަރު އެމަނިކުފާނު އެއްސެވީ ފުން ހިތާމައާއެކުގައި ކަމަށެވެ.
އަދި ހާދިސާގައި ޒަހަމްވި މީހުންނަށް އަވަސް ޝިފާއަކަށް އެދިވަޑައިގެން، ގެއްލިފައިވާ މީހުން، ސަލާމަތްތެރިކަމާއެކު ފެނުމަށް އުންމީދުކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ނޭޕާލާއި ރާއްޖެއަކީ އެކުވެރި، އަވައްޓެރި ގައުމެއްކަމުގައި ފާހަގަކުރައްވައި ރައީސް ވިދާޅުވީ މި ހިތާމަވެރި ދަނޑިވަޅުގައި ރާއްޖެ ވަނީ ނޭޕާލާއެކުގައި ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު