ތައިލެންޑުގައި ސްކޫލް ބަހެއް އެކްސިޑެންޓްވެ، އަލިފާން ރޯވުމުގެ ސަބަބުން އޭގެން ދަތުރުކުރި 20 ދަރިވަރުންނާއި ތިން ޓީޗަރަކު މަރުވެއްޖެއެވެ.

ތައިލެންޑުގެ އުތުރުގެ ސަރަހައްދަކަށް ކުރި ސްކޫލް ދަތުރަކަށް ފަހު އެގައުމުގެ ވެރިރަށަށް ދިޔަ އެބަސް އެކްސިޑެންޓު ވެފައިވަނީ މަގުމަތީގައި ހުރި ކޮންކްރީޓް ބްލޮކެއްގައި ޖެހިގެން ކަމަށް އޮފިޝަލުން ބުނެއެވެ.

އެހާދިސާގައި ބަހުން ދަތުރުކުރި 19 ދަރިވަރަކާއި ތިން ޓީޗަރަކު ސަލާމަތްވެފައިވާ ކަމަށްވެސް އޮފިޝަލުން ބުނެފައިވެއެވެ.

ތައިލެންޑުގެ ޓްރާންސްޕޯޓު މިނިސްޓްރީ ހާމަކޮށްފައިވާ ގޮތުގައި އެބަހަކީ ގޭސް ބޭނުންކޮށްގެން ދުއްވާ ބަހެކެވެ. ނަމަވެސް އަލިފާން ރޯވާން ދިމާވި ސަބަބު އަދި މިހާތަނަށް ހޯދިފައި ނުވާ ކަމަށް ބުނެފައެވެ.