ލަބެރާ ބޮޑީބޯޑިން ޗެލެންޖު 2024ގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖައްސައިފިއެވެ.
މިއީ މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ) އިން އިންތިޒާމު ކޮށްގެން ބާއްވާ މޯލްޑިވްސް ނޭޝަނަލް ބޮޑީބޯޑިން ލީޖް މުބާރާތްތަކުގައި ބާއްވާ ދެ ވަނަ މުބާރާތެވެ. މި އަހަރުގެ ފުރަތަމަ މުބާރާތް ކަމަށްވާ ބުރުނު ޝިކާރާ ބޮޑީބޯޑިން ޗެލެންޖް 2024 އަށް ލޯކަލް ބޮޑީބޯޑިން ކޮމިއުނިޓީގެ ބޮޑު ތަރުހީބެއް ލިބިފައިވެއެވެ.
ދިރާގުގެ ބްރޭންޑް އެންޑް އިވެންޓްސްގެ މެނޭޖަރު ނާޔާ ޝަރީފް ވިދާޅުވީީ، ލެބެރާ ބޮޑީބޯޑިން ޗެލެންޖު 2024ގެ ޑިޖިޓަލް ޕާޓްނަރަކަށް ވުމަކީ އެ ކުންފުންޏަށް ލިބޭ ބޮޑު އުފަލެއް ކަމަށެވެ. އަދި އެފަދަ މުބާރާތްތައް ޕްރޮމޯޓް ކޮށްގެން ދިރާގުގެ އަމާޒަކީ ދިވެހި އެތުލީޓުންގެ ހުނަރު ދައްކާލައި، އެކްސްޕޯޒާ ހޯދުމާއި ވާދަވެރި ޕްލެޓްފޯމެއް ތަރައްގީކޮށް ގާއިމުކުރުން ކަމަށްވެސް ވިދާޅުވިއެވެ.
އެމްބީބީއޭގެ ރައީސް ހުސައިން ނިޒާމް ވަނީ ބޮޑީބޯޑިންއަކީ ރާއްޖޭގައި ކުޅިވަރެއްގެ ގޮތުގައި ތަރައްގީކުރުމަށް ދިރާގުން ދެމުން ގެންދާ އެއްބާރުލުމަށް ޝުކުރު އަދާކުރައްވައިފައެވެ.
ލަބެރާ ބޮޑީބޯޑިން ޗެލެންޖް 2024 އޮންނާނީ މިއަދުން ފެށިގެން އަންނަ މަހުގެ ފަސް ވަނަ ދުވަހަށް މާލޭގެ ވަރުނުލާ ރާޅުގަނޑުގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު