ޓްރަމްޕްގެ ކެމްޕެއިން ހެކްކުރިކަމުގެ ކުށުގައި އިރާނު ތިން މީހަކު ހައްޔަރުކޮށްފިއެވެ.

އެމެރިކާގެ އޮފިޝަލުން ވަނީ ތިން މީހަކު ހައްޔަރުކޮށް އެމީހުންގެ މައްޗަށް ހެކް ކުރިކަމުގެ ކުށުގައި ދައުވާ ކުރުމަށް ނިންމާފައެވެ.

މަސްއޫދު ޖަލީލީގެ އިތުރުން ސައްޔީދު އަލީ އަދި ޔާސިރް ބަލާގީ ނަމަކަށް ކިޔާ އެތިން މީހުންނަކީ އިރާނުގެ ރިވެލިއުޝިނަރީ ގާޑަށް ނިސްބަތްވާ ތިން މީހުން ކަމަށާއި އެމީހުން ރިޔާސީ ކެމްޕެއިނާ ގުޅުންހުރި އެއްޗެހިތަކެއް ހެކްކުރުމުގެ އިތުރުން ލީކުކޮށްފައިވާކަމަށް އޮފިޝަލުން ބުނެއެވެ.

އެމެރިކާގެ އޮފިޝަލުން ވަނީ މިދިޔަ ހަފުތާގައި އެމީހުން ހެކްކުރި ސާމާނު ޖޯ ބައިޑަންގެ ކެމްޕެއިނާ ގުޅޭ ބަޔަކަށް ދިންކަމަށް ތަހުގީގަށް ހާމަވެފައިވާކަމަށް ބުނެފައެވެ.

މިދިޔަ މަހު ޓްރަމްޕްގެ ކެމްޕެއިން ޓީމުން ވަނީ އިންޓާނަލް ކޮމިއުނިކޭޝަންއާ ގުޅުން ހުރި ގިނަ ކަންތައްތަކެއް އިރާނުން ހެކްކޮށްފައިވާކަމަށް ބުނެފައެވެ.