އިންޑިއާގެ ކެރެލާއިން ފެނިފައިވަނީ އެމްޕޮކްސްގެ އެނެމެ ނުރައްކާތެރި ސްޓްރެއިންގެ ކޭހެއް ކަމަށް އެ ގައުމުން ބުނެފިއެވެ.
މިދިޔަ މަހު އެމްޕޮކްސް ކަމަށް ޝައްކު ކުރެވިގެން އެޑްމިޓް ކޮށްފައިވާ އެމީހާގެ ސާމްޕަލް ޓެސްޓު ކުރުމުން އެއީ ޑަބްލިއުއެޗްއޯ އިން އެންމެ ނުރައްކާ ކަމަށް ކަނޑައަޅައި އިމަޖެންސީ ނެރެފައިވާ ސްޓްރެއިންގެ ކޭހެއް ކަމަށް އެ ގައުމުގެ އޮފިޝަލުން ވަނީ ޔަގީންކޮށްދީފައެވެ.
ހޯމަ ދުވަހު އިންޑިއާގެ ސިއްހީ އޮފިޝަލުންނާ ހަވާލާދީ އެ ގައުމުގެ ނޫސްތަކުން ބުނީ 38 އަހަރުގެ އެމީހާ އަކީ ޔޫއޭއީން އިންޑިއާއަށް ދިޔަ މީހެއް ކަމަށާއި އޭނާގެ ހާލު ރަނގަޅުކަމަށެވެ.
މިދިޔަ އަހަރުން ފެށިގެން އިންޑިއާއިން އެމްޕޮކްސްގެ 30 ކޭސް ފެނިފައިވާއިރު ޑަބްލިއުއެޗްއޯ އިން އެންމެ ނުރައްކާ ކަމަށް ކަނޑައަޅައި އިމަޖެންސީ ނެރެފައިވާ ސްޓްރެއިންގެ ދެކޭހެއްވެސް ވަނީ ފެނިފައެވެ.
ކެރެލާ އިން އެމްޕޮކްސްގެ ނުރައްކާ ބާވަތް ފެނުމާއެކު އޮފިޝަލުން ވަނީ އާންމުންގެ ތެރެއިން އެމްޕޮކްސްގެ އަސަރު ފެނިފައިވާ މީހަކު ހުރިނަމަ ލަސްނުކޮށް ރިޕޯޓު ކުރުމަށް އިލްތިމާސްކޮށްފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ