ބޮކްސާ ތެރެއަށް ލައިގެން މަސްތުވާތަކެތި ރާއްޖެ އެތެރެކުރި މީހާގެ ބަންދަށް 30 ދުވަސް އިތުރުކޮށްފިއެވެ.
މި މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައިވަނީ ސ. ހިތަދޫ/ ސަމަންދަރު، އަހުމަދު އަހުސަން، (35އ) .އެވެ.
އޭނާ ހައްޔަރުކުރީ މިމަހުގެ 16 ވަނަ ދުވަހު މެލޭޝިއާ އެއާލައިންސްގެ ފްލައިޓަކުން ރާއްޖެއައި ތަނުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.
އޭނާގެ ބަންދަށް ކުރިމިނަލް ކޯޓުން ފުރަތަމަ އަމުރުކުރީ ފަސް ދުވަހުގެ މުއްދަަތަށެވެ.
ނަމަވެސް އެ ބަންދުގެ މުއްދަތު ހަމަވާތީ އަލުން މުއްދަތު އިތުރުކުރުމަށް އިއްޔެ ކުރިމިނަލް ކޯޓަށް ހާޒިރުކުރުމުން އިތުރު 30 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
ކޯޓުން އޭނާގެ ބަންދު ޖެހީ ހައްޔަރާއި ބަންދު ލޮގުގައި މަސްތުވާތަކެތީގެ ގިނަ މައްސަލަތަކުގައި ބަންދުކޮށްފައިވާތީ، މަސްތުވާތަކެތީގެ ވިޔަފާރި ކުރުމުގައި އަމަލީގޮތުން ބައިވެރިވާ ފަރާތްތެއް ކަމަށް ބެލެވޭތީއެވެ.
ޚަބަރު
ޚަބަރު