ޖަޕާނަށް ބޯކޮށް ވާރޭވެހި އެކަކު މަރުވެއްޖެއެވެ.

ޖަޕާނުގެ އުތުރުން އޮންނަ އިޝިކަވާ ސަރަހައްދަށް ބޯކޮށް ވާރޭވެހުނު އިރު، އެއީ ކުރިން ލަފާކުރެވުނު ކަމެއް ނޫނެވެ. އެ ވާރޭގައި ފެންބޮޑުވެ، ބިންގަނޑު ކަނޑައިގެން ދިއުމުގެ ގިނަ ހާދިސާތަކެއް ހިނގާފައިވާއިރު، ހަތް މީހަކު ވަނީ ގެއްލިފައެވެ. އޭގެ ތެރެއިން ފަސް މީހަކު ގެއްލިފައިވަނީ ބިންގަނދު ކަނޑައިގެން ދިއުމުގެ ހާދިސާތަކުގައެވެ. އަނެއް ދެ މީހަކު ވަނީ އިޔާ ގެންގޮސްފައެވެ.

ޖަޕާން މީޓިއޮރޮލިޖިކަލް އެޖެންސީން ބުނާ ގޮތުން އިޝިކަވާ ސަރަހައްދަށް ކުރިއަސް އޮތް ދެ ދުވަހުވެސް ބޯކޮށް ވާރޭވެހޭނެ އެވެ. އެހެންވެ އެ އެޖެންސީން އިއްޔެ ވަނީ މޫސުމީ އެންމެ ބޮޑު ނުރައްކަލުގެ އިންޒާރު ނެރެފައެވެ.

އިޝިކާވާ ސަރަހައްދުގެ ކޯރުތައް ފުރި ބަންޑުން ވާން ފެށުމުން އެ ސަރަހައްދުގެ ހަތަރު ސިޓީއަކުން 40،000 އަށްވުރެ ގިނަ މީހުން ރައްކާތެރި ސަރަހައްދުތަކަށް ބަދަލުވާން ވަނީ އަންގައިފައެވެ.

ޖަޕާނުގެ ރެސްކިއު ޓީމުތަކުން ވިއްސާރަވި ސަރަހައްދުތަކުން މީހުން ސަލާމަތްކުރުމުގެ މަސައްކަތް ފަށާފައިވާއިރު، އެ ސަރަހައްދަށް ދިއުމުގައި ދަތިތަކެއް ހުރި ކަމަށް ރިޕޯޓުތައް ބުނެއެވެ.