މާފަންނު، ޖަހާމުގުރި ގޯޅީގައި ހުރި ގެއެއްގެ ހަވަނަ ފްލޯއިން ބިއްލޫރިގަނޑެއް ވެއްޓި މީހަކަށް އަނިޔާވެއްޖެއެވެ.
ފުލުހުން މިރޭ ބުނީ އެ ހާދިސާގެ ރިޕޯޓް ލިބިފައިވަނީ މިރޭ 7:12 އެހާކަން ހާއިރު ކަމަށެވެ.
އަނިޔާވެފައި ވަނީ ދިވެހި ފިރިހެނަކަށް ކަމަށާއި އޭނާއަށް އަނިޔާވީ ބިއްލޫރިގަނޑު ވެއްޓި ސައިކަލެއްގައި ޖެހި ތަޅައިގެން ގޮސް، އެމީހާގެ ގަޔަށް ބިއްލޫރިތައް ބުރައިގެން ދިޔުމުން ކަމަށް ފުލުހުން ބުންޏެވެ.
"ސައިކަލު އެއީ އެ ވަގުތު އެ ތަނުގައި ޕާކުކުރަން އުޅުނު ސައިކަލެއް. އެ މީހާ މިހާރު ވަނީ އައިޖީއެމްއެޗްއެޗްއަށް ގެންގޮސްފައި،" ފުލުހުން ބުންޏެވެ.
އެ ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު