އިންޑޮނޭޝިއާ އަށް އައި ބިންހެލުމެއްގައި އެކަކު މަރުވެ 82 މީހަކަށް އަނިޔާވެއްޖެއެވެ.
އިންޑޮނޭޝިއާގެ ވެސްޓު ޖާވާ ޕްރޮވިންސަށް ބުދަ ދުވަހު އެ ބިންހެލުން އައިސްފައިވަނީ 4.9 މެގްނިޓިއުޑްގައި ކަމަށް ރިޕޯޓުތައް ބުނެއެވެ.
އިންޑޮނޭޝިއާގެ މީޓިއޮރޮލޮޖީން ވަނީ އެ ބިންހެލުން އައިސްފައިވަނީ 10 ކިލޯމީޓަރު އަޑިއަށް ކަމަށް ބުނެފައެވެ.
ހާދިސާ ހިނގުމާއެކު އަނިޔާވި ގިނަ މީހުންތަކެއް ހޮސްޕިޓަލަށް ގެންގޮސް ފަރުވާދީފައިވާކަމަށާއި އެތަނުން އެކަކު މަރުވެފައިވަނީ ހާސްވެ ނޭވާއަށް އުނދަގޫވެގެން ކަމަށް ރިޕޯޓުތައް ބުނެއެވެ.
ބިންހެލުމުގެ ސަބަބުން 700 ގެއަކަށް އެކިވަރުގެ ގެެއްލުން ވެފައިވާކަމަށާއި އޭގެ ތޭރޭގައި ސްކޫލްތަކާއި ސިއްހީ ހިދުމަތްދޭ ތަންތަން ވެސް ހިމެނޭކަމަށް އޮފިޝަލުން ބުނެއެވެ.
ބިންހެލުމަށްފަހު ހާލުގައި ޖެހިފައިވާ 459 މީހަކަށް ސަރުކާރުގެ އިމާރާތްތަކާއި ވަގުތީ ޓެންޓުތަކުގައި ބޯހިޔާވަހިކަން ދިނުމުގެ މަސައްކަތް ކަމާބެހޭ އިދާރާތަކުން ކުރަމުން އަންނަ ކަމަށް ވެސް އޮފިޝަލުން ބުނެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ