މާފަންނުގެ ގެއެއްގެ ތެރޭގައި މަރުވެފައި އޮއްވައި ފެނުނު މީހާގެ ހަށިގަނޑުން އެއްވެސް އަނިޔާއެއް ލިބިފައި ނެތް ކަމަށް ފުލުހުން ބުނެފިއެވެ.

ފުހުލުން ބުނީ މާފްނަނު ގެއެއްގެ ތިންވަނަ ބުރީގައި ހުރި ކޮޓަރިއެއްގެ ތެރެއިން މަރުވެފައި އޮތް މީހަކު ފެނިގެން އެ އިދާރާއަށް ރިޕޯޓް ކުރީ ރޭ 11:33 ހާއިރު ކަމަށެވެ.

މަރުވެފައި އޮއްވައި ފެނިފައިވަނީ މ. ނަލަހިޔާ މަންޒިލް/ އަހުމަދު ފަޔާޒު، 57އ. ކަމަށްވެސް ބުންޏެވެ.

ފުލުހުން ބުނީ، އެ މީހާގެ ބޭރު ފުށުން އެއްވެސް އަނިޔާއެއް ލިބިފައި ނެތް ކަމާއި އަދި ތުހުމަތު ކުރެވޭ ފަދަ ކަމެއްވެސް ނެތްކަން މިހާތަނަށް ބެލި ބެލުމުން އެނގިފައިވާ ކަމަށެވެ.