އެމްޕޮކްސް އަށް ޝައްކު ކުރެވޭ ކޭސްއެއް އިންޑިއާގެ ކެރެއްލާ އިން ފެނިއްޖެއެވެ.

ދިވެހީން އެންމެ ގިނައިން ދަތުރުކުރާ ޓްރިވެންޑްރަމް ހިމެނޭ، ކެރެލާގެ މަލަޕޫރަމް ޑިސްޓްރިކްޓުން ފެނިފައިވާ އެމްކޮޕްކްސް ކަމަށް ބެލެވޭ ކޭސް އާއި ގުޅިގެން އިންޑިއާގެ ސިއްހީ އޮފިޝަލުން ވަނީ ސާމްޕަލް ނަގައި ޓެސްޓު ހަދަށް ފޮނުވާފައެވެ.

ކެރެލާގެ ސިއްހީ އޮފިޝަލުން ވަނީ އެ ސްޓޭޓުން ފެނުނު މީހާގެ ހަށިގަނޑުން އެމްޕޮކްސްގައި ފެންނަ ފަދަ އަލާމާތްތައް އެބަހުރިކަމަށާއި އޭނާ ވަނީ ދާދިފަހުން ބޭރު ގައުމަކަށް ދަތުރުކޮށްފައި ކަމަށް ބުނެފައެވެ.

އޮފިޝަލުންނާ ހަވާލާދީ ރިޕޯޓުތައް ބުނާގޮތުގައި އެމީހާ ބަލިވެގެން އެންމެ ފުރަތަމަ އެޑްމިޓްކޮށްފައިވަނީ ޕްރައިވެޓް ހޮސްޕިޓަލެއްގަ އެވެ.

އިންޑިއާއިން މިދިޔަ ހަފުތާގައި ވެސް ވަނީ އެމްޕޮކްސްގެ ކޭސް އެއް ފެނިފައެވެ. ހަރިޔާނާއިން ބަލީގެ އަލާމަތްތައް ހުރި އުމުރުން 26 އަހަރުގެ އެމީހާ ފެނުމާއެކު ހެދި ޓެސްޓުތަކުން ވަނީ ޕޮޒިޓިވް ވެފައެވެ.