އުރީދޫ ނޭޝަން އިން ރާއްޖޭގައި ގޭމިންއާ ގުޅޭ ސާމާނު ވިއްކާ އެސްބީއެންޓީ އާއެކު ޕާޓްނާޝިޕް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
އުރީދޫ ނޭޝަން އިން އެސްބީއެންޓީ އާއެކު ސޮއިކުރީ ގޭމިން އެކްސެސަރީ ޕާޓްނަރެއް ގޮތުގައެވެ.
މީގެ ހަ އަހަރު ކުރިން އުފެއްދި އެސްބީއެންޓީ އަކީ ގޭމަރުންނާއި ޓެކްނޮލޮޖީއަށް ލޯބިކުރާ މީހުންނާއި ތަޖުރިބާކާރުންނަށް އެންމެ ފަހުގެ އަދި އެންމެ ފެންވަރު ރަނގަޅު ކަސްޓަމް ގޭމިން ކޮމްޕިއުޓަރުތަކާއި ޕްރީމިއަމް ގޭމިން ގޮނޑިތަކާއި އެންމެ ޒަމާނީ ޓައިޓަސް ސްޓޭންޑިން މޭޒާއި ހައި ޕާފާމަންސް ވޯކްސްޓޭޝަން ހެޔޮއަގުގައި ފޯރުކޮށްދެމުން އަންނަ ކުންފުންޏެކެވެ.
އުރީދޫ ނޭޝަން އިން އަންނަނީ ގިނަ ކުޅުންތެރިންތަކެއް ބައިވެރިވެ ގޭމިންގެ ހުނަރުވެރިން އެއްތަނަކަށް ގެނައުމަށް ބައިނަލްއަގުވާމީ މުބާރާތްތަކާއި ލޯކަލް ކޮމިއުނިޓީއަށް އަމާޒުކޮށް އެކި ކަހަލަ އީސްޕޯޓްސް މުބާރާތްތައް ބާއްވަމުންނެވެ.
އެގޮތުން މި ހަފުތާ ތެރޭގައި އުރީދޫ ނޭޝަން މޯލްޑިވްސް ޗެމްޕިއަންޝިޕް ވަނީ ކާމިޔާބު ކަމާއެކު ނިންމާލައިފައެވެ. އަދި މިދިޔަ އޮގަސްޓު މަހުގެ ތެރޭގައި އުރީދޫ ނޭޝަން އިން ވަނީ ރާއްޖެއާއި ގަތަރުގެ ޓީމުތައް ވާދަކުރި ރޮކެޓް ލީގު މުބާރާތް ކަމަށްވާ އުރީދޫ ނޭޝަން ގްލޯބަލް ފޭސްއޮފްގެ ފުރަތަމަ މުބާރާތް ބާއްވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު