ތޫފާން ބެބިންކާ އަށް ތައްޔާރުވުމަށް ޝަންހާއީގައި ވައިގެ ދަތުރުތައް ހުއްޓާލައިފިއެވެ.

ތޫފާން ބެބިންކާގެ ބާރު ގަދަވެ އާދީއްތަ ދުވަހުން ފެށިގެން ޝަންހާއީ އަށް ބޯކޮށް ވާރޭ ވެހި ވައި ގަދަވާނެ ކަމަށް މޫސުމާބެހޭ އިދާރާތަކުން ވަނީ ބުނެފައެވެ.

ޝަންހާއީގެ މައި ދެ އެއާޕޯޓުކަމަށްވާ ޕޫޑޮން އާއި ހޮންޝިއާއޯ އެއާޕޯޓު ވަނީ ބަންދުކޮށްފައެވެ.

ތޫފާން ދަތުރުކުރަމުންދަނީ ޗައިނާގެ އިރުމަތީ ސަރަހައްދުތަކަށް ވުމުން އެ ސަރަހައްދުތަކުގައި އާންމުންނަށް ވަނީ ރައްކާތެރި ކަމުގެ ފިޔަވަޅު އަޅަން ގޮވާލާފައެވެ.

ތޫފާނުގެ ސަބަބުން މިހާރު ވަނީ ޝަންހާއީގައި އޮރެންޖު އެލާޓު ނެރެފައި ކަމަށް ރިޕޯޓުތައް ބުނެއެވެ.

މިދިޔަ ހަފުތާގައި ޗައިނާގެ ބައެއް ސަރަހައްދުތަކަށް ވަނީ ތޫފާން ޔަގީވެސް އަރާފައެވެ. އެ ތޫފާނުގެ ސަބަބުން ހަތަރު މީހަކު މަރުވެ 95 މީހަކަށް އެކިވަރުގެ އަނިޔާވެފައިވާކަމަށް އޮފިޝަލުން ބުނެއެވެ.