މަޝްހޫރު ޓްރެވަލް އޭޖެންސީ "ޓްރިޕް.ކޮމް" މެދުވެރިކޮށް، ގައުމީ އެއާލައިން، މޯލްޑިވިއަންގެ ޓިކެޓް ގަނެވޭ ގޮތް ހަދައިފިއެވެ.
މޯލްޑިވިއަނުން ބުނީ، "ޓްރިޕް.ކޮމް" މެދުވެރިކޮށް އެ އެއާލައިންގެ ހުރިހާ ދަތުރަކަށްވެސް މިދިޔަ ހުކުރުން ދުވަހުން ފެށިގެން އޮންލައިންކޮށް ބުކިން ހެދޭނެ ކަމަށެވެ.
މޯލްޑިވިއަންގެ ދަތުރުތައް އިންޑިއާ، ސްރީލަންކާ އަދި ބަންގްލަދޭޝަށް ކުރެއެވެ. މީގެ އިތުރުން ރާއްޖޭގެ 16 މަންޒިލަކަށް މޯލްޑިވިއަންގެ ޑޮމެސްޓިކް ފްލައިޓުތައް ބާއްވައެވެ.
ޓްރިޕަކީ ދުނިޔޭގައި ހިންގާ އެންމެ ބޮޑު އެއް ޓްރެވެލް އެޖެންސީއެވެ. އެ ވެބްސައިޓުން 1.1 މިލިއަން ހޮޓަލާއި 510 އެއާލައިންގެ ފްލައިޓަށް ބުކިން ހެއްދޭނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު