އުރީދޫ ނޭޝަން މޯލްޑިވްސް ޗެމްޕިއަންޝިޕް ކޮންޓެންޑާ ސީރީޒް، ސީޒަން ދޭއް ކާމިޔާބުކަމާ އެކު ނިންމާލައިފިއެވެ.

އުރީދޫން މިއަދު ބުނި ގޮތުގައި ގިނަ ކުޅުންތެރިންތަކެއް ބައިވެރިވެ ގޭމިންގެ ހުނަރުވެރިން އެއްތަނަކަށް ގެނެސް، މި މުބާރާތް ނިމިގެން ދިޔައީ ވަރަށް ފޯރިގަދަ އަދި އުފާވެރި ޝޯޑައުންއަކުން ކަމަށެވެ. މި ސިލްސިލާ ނިންމާލާފައިވަނީ ރާއްޖޭގެ އީސްޕޯޓްސްއަށް އޮތް ޝައުގުވެރިކަން އިތުރަށް ހަރުދަނާވެ، އެންމެ ވާދަވެރި ފަރާތްތަކަށް ބޮޑެތި އިނާމުތަކަކާ އެކުގައި ކަމަށްވެސް އުރީދޫން ބުންޏެވެ.

  • ޗެމްޕިއަން - 7000 ރުފިޔާ : އަކަޒާޔާ އީސްޕޯޓްސް
  • ރަނަރަޕް - 4000 ރުފިޔާ : އީޓޫއެސް ޓީއެމް7
  • ތިން ވަނަ - 2000 ރުފިޔާ: އޯޕީޒެޑް ސްޕޯޓްސް
  • ހަތަރު ވަނަ - 1000 ރުފިޔާ : ބީއެލްކޭ އީސްޕޯޓްސް
  • ފަސް ވަނަ - 500 ރުފިޔާ : ގޭމްއޯވާ އޯޓީއެފް
  • އެމްވީޕީ - 500 ރުފިޔާ: އޭކޭއޭ މާހާ
  • ޗެމްޕިއަން – 8000 ރުފިޔާ - މުހައްމަދު ޒިޔާން އިސްމާއިލް
  • ރަނަރަޕް – 4500 ރުފިޔާ: ހުސައިން ޔައީޝް ޝިހާމް
  • ތިން ވަނަ – 2500 ރުފިޔާ : މުހައްމަދު ރާކިން

އުރީދޫން ބުނި ގޮތުގައި، އެ ކުންފުނިން ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ފޯރިގަދަ އީސްޕޯޓްސް މުބާރާތްތައް ކުރިއަށްގެންދާނެއެވެ.