ސައިކަލެއްގެ މަޑިދަށުން 400،000 އަށްވުރެ ގިނަ ރުފިޔާ ވަގަށް ނެގި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފިއެވެ.
ކުރިމިނަލް ކޯޓުގެ ބަންދު އަމުރުގައިވާ ގޮތުން މި މައްސަލައިގެ ތުހުމަތަށް ހައްޔަރު ކޮށްފައިވަނީ ބަންގްލަދޭޝް މީހެއް ކަމަށްވާ ޖަހަންގިރް އާލަމް، 45 އަހަރެވެ. އޭނާގެ ބަންދަށް އިއްޔެ ކުރިމިނަލް ކޯޓުން ވަނީ 15 ދުވަސް ޖަހާފައެވެ.
ބަންދުގެ މަޖިލީހުގައި ފުލުހުން ކޯޓުގައި ބުނެފައިވަނީ ސައިކަލްގެ މަޑިދަށުން 442،750 ރުފިޔާ ވަގަށް ނަގާފައިވާ ކަމަށް ތުހުމަތުކުރެވޭ ކަމަށެވެ. މިކަން ކުރި ކަމަށް ޖަހަންގިރް އިންކާރުކޮށްފައި ވިޔަސް އޭނާ އެކަން ކުރި ކަމަށް ކޮންމެވެސް ވަރަކަށް ބެލެވޭ ހެއްކާއި ގަރީނާ ފުލުހުން ކޯޓަށް ހުށަހަޅާފައިވާ ކަމަށް ކޯޓު އަމުރުގައިވެއެވެ.
ޖަހަންގިރާ ދެކޮޅަށް ހުށަހެޅި ހެކީގެ ތެރޭގައި ސީސީޓީވީ ފުޓޭޖާއި ފައިސާގެ ވެރިފަރާތުގެ ބަޔާން ހިމެނެއެވެ.
ޚަބަރު
ޚަބަރު