ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ފައިސާ ދެއްވި ކަމަށް ބުނެ ހަބަރު ޖެހުމުން، ސަރުކާރުން "އަދަދު" ނޫހަށް ފިޔަވަޅު އަޅަން ނިންމައިފިއެވެ.
"އަދަދު" ނޫހުން މިއަދު ވަނީ ރައީސްގެ ފަރާތްޕުޅުން ޕީއެންސީގެ ކޮންމެ މަޖިލިސް މެންބަރަކަށް ދެއްވަމުން އަންނަ ބައި ލައްކަ ރުފިޔާއަށް މި މަހު 25،000 ރުފިޔާ އިތުރުކުރުމަށްފަހު ކޮންމެ މެންބަރަކަށް 75،000 ރުފިޔާ ދޫކޮށްފައިވާ ކަމަށް ބުނެ ހަބަރެއް ޖަހައިފައެވެ.
އެ ހަބަރާ ސަރުކާރުގެ އިސް ތަރުޖަމާން ހީނާ ވަލީދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ ހަބަރަކީ ދޮގު ހަބަރެއް ކަމަށެވެ. އަދި ރައީސް އާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ނިސްބަތްކޮށް ފާޅުގައި ދޮގު ހަބަރު ފަތުރަމުންދާ ފަރާތްތަކާމެދު ސަމާލުވެވަޑައިގަތުމަށް ވަނީ އިލްތިމާސް ކުރައްވައިފައެވެ.
”ރައީސުލްޖުމްހޫރިއްޔާއަށް ނިސްބަތްކޮށް، ފިތުނަ އުފެއްދުމުގެ ބޭނުމުގައި މިފަދަ ދޮގު ހަބަރެއް ފެތުރި މައްސަލަ ކަމާބެހޭ ފަރާތްތަކަށް ހުށަހަޅައި ގާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތް މިދަނީ ކުރަމުންނެވެ“ ހީނާ ވިދާޅުވިއެވެ.
ޕީއެންސީގެ މަޖިލިސް މެންބަރުންނަށް ރައީސް މުއިއްޒު ފައިސާ ދެއްވި ކަމަށް ބުނެ ފަތުރާ ވާހަކަ ސަރުކާރުން މީގެ ކުރީންވެސް ވަނީ ދޮގުކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު