ކޮންޓެކްޓް ޕްރައިވެޓް ލިމިޓެޑަށް އަށް ލައްކައަށް ވުރެ ގިނަ ރުފިޔާ ދެއްކުމަަށް ހައުސިން މިނިސްޓްރީގެ މައްޗަށް ސިވިލް ކޯޓުން ހުކުމް ކޮށްފިއެވެ.
މިއީ މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރާންސްޓްރަކްޗާ އިން އެދިގެން ގްރީން އޮފީސް ބިލްޑިން އިމާރާތް ކުރުމުގެ ޕްރޮޖެކްޓްގައި ކޮށްފައިވާ މަސައްކަތަށް ދައުލަތުން ދައްކަންޖެހޭ އަގުތަކާއި ފީތަކުގެ ތެރެއިން ނުދައްކާ އޮތް އަށް ލައްކަ އަށްވުރެ ގިނަ ރުފިޔާ ހޯދުމަށް އެ ކުންފުނިން ސިވިލްކޯޓުގައި ދައުވާކުރުމުން ބެލި މައްސަލައެކެވެ.
މި މައްސަލައިގައި މިއަހަރުގެ މާޗް މަހުގެ 19 ގައި ދައުލަތަށް ދައުވާ ރައްދުކޮށް، ދައުވާ ފޯމް ރައްދުކުރި ކަމުގެ ލިއުމުގައި ވަނީ ސޮއިކޮށްފައިވެއެވެ. އަދި މުޅި ދައުވާއަށް އެއްބަސްވާކަމާއި ދައުވާފޯމާ ހަވާލުވިކަން އަންގައިދޭ ލިއުމުގެ އިތުރުން ދައުވާ ފޯމާއި ލިއުންތަކުގެ ކޮޕީއާ ދައުލަތަށް ވަނީ ރައްދުކޮށްފައެވެ.
ނަމަވެސް ދައުލަތުން ދައުވާއަށް ރަދު ދީފައެއް ނުވެއެވެ. ދިފާއު ހުށަހެޅުމުގެ މުއްދަތު އިތުރުކުރަން ދައުލަތުން ހުށަހަޅާފައިވަނީ ވެސް މުއްދަތު ހަމަވާ ތާރީހު ކަމަށްވާ ތިނެއް އޭޕްރީލްގެ ތާރީހު ފަހަނައަޅައި ދިއުމުން 14 އޭޕްރީލްގައެވެ.
އެހެންކަމުން މި މައްސަލައިގައި ހުކުމް ކޮށްފައި ވަނީ ދައުލަތުގެ ޣައިރު ހާޒިރުގައެވެ.
މިމައްސަލައިގައި ސިވިލް ކޯޓުން މިއަދު ހުކުމް ކޮށްފައި ވަނީ، ކޮންޓެކްޓް ޕްރައިވެޓް ލިމިޓެޑުން ހޯދުމަށް އެދިފައިވާ 818،441 ރުފިޔާ މިއަދުން ފެށިގެން ތިން މަސްދުވަހުގެ ތެރޭގައި ކޮންމެ މަހަކު އެ މަހަކަށްޖެހޭ ވަރަށްވުރެ މަދު ނޫން އަދަދެއް ސިވިލްކޯޓަށް ދައްކައި ހަލާސް ކުރުމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު