އިންޑިއާގެ މަނިޕޫރުގައި ކާފިއު އިއުލާންކޮށް އިންޓަނެޓުގެ ހިދުމަތް ކަނޑާލައިފިއެވެ.
މަނިޕޫރްގައި ކާފިއު އިއުލާން ކޮށްފައި މި ވަނީ، އެ ސްޓޭޓްގެ ދަރިވަރުން ކުރަމުން އަންނަ މުޒާހަރާތައް ހޫނުވެ ހަމަނުޖެހުންތައް ހިންގަން ފެށުމުގެ ސަބަބުން ކަމަށް ރިޕޯޓުތައް ބުނެއެވެ.
މަނިޕޫރުގެ ހޯމް މިނިސްޓްރީން ވަނީ މުޒާހަރާތައް ހުއްޓުވުމާއި އެ ސްޓޭޓްގެ އަމަން އަމާންކަން ގާއިމުކުރުމަށް ފަސް ދުވަހުގެ މުއްދަތަކަށް އިންޓަނެޓާއި މޯބައިލް ޑާޓާގެ ހިދުމަތްވެސް މެދުކަނޑާލަން ނިންމާފައެވެ.
މަނިޕޫރުގައި ދަރިވަރުން އިސްވެ މުޒާހަރާތައް ކުރިޔަށް ގެންދަނީ އެ ސްޓޭޓްގައި ދީނީ ތަފާތުކުރުން ގެންގުޅޭކަމަށް ބުނެއެވެ. އެގޮތުން ތައުލީމު ހާސިލް ކުރުމަށާއި ވަޒީފާގެ ފުރުސަތުތައް ދިނުމުގައި އެކި ދީންތަކުގެ މެދުގައި ތަފާތުކުރުން ބޮޑުކަމަށް މުޒާހަރާ ލީޑުކުރާ ފަރާތްތަކުން ތުހުމަތު ކުރެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ