ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ ކާލް ސްޓުމްކަ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
ބީއެމްއެލްއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ކާލް އިސްތިއުފާދެއްވީ އިއްޔެ ކަމަށެވެ.
ބީއެމްއެލްގެ ސީއީއޯކަމުން ކާލް އިސްތިއުފާ ދެއްވީ އެ ބޭންކާއި އިދިކޮޅު ފަރާތްތަކުން މާލީ ބަގާވާތެއް ކުރަން އުޅުނު ކަމަށް ބުނާ މައްސަލައެއް ފުލުހުން ބަލަމުން ދަނިކޮށެވެ.
ބީއެމްއެލްއިން ބުނީ، ކާލް އިސްތިއުފާދެއްވި ނަމަވެސް މި މަހުގެ 21ގައި ބާއްވާ އެ ބޭންކުގެ ހާއްސަ ގޮތުން ކުރާ އާންމު ޖަލްސާއާ ހަމައަށް މަގާމުގައި ދެމިހުންނަވާނެ ކަމަށެވެ.
ބީއެމްއެލްއިން ބުނީ އެ ބޭންކުގެ ސީއީއޯގެ މަގާމަށް މީހަކު ހޯދުމުގެ މަސައްކަތް އެ ބޭންކުން ކުރާނެ ކަމަށާއި އެ މަގާމަށް މީހަކު އައްޔަނުކުރެވެންދެން އެ ބޭންކުގެ ހިންގުމުގެ ޒިންމާ އަދާކުރައްވާނީ އެ ބޭންކުގެ ޑެޕިއުޓީ ސީއީއޯ އާއިޝަތު ނޫރައްދީން ކަމަށެވެ.
އާއިޝަތު ނޫރައްދީން ވަނީ ބީއެމްއެލްގެ ބޯޑުން މިދިޔަ މަހު އިސްތިއުފާ ދެއްވައިފައެވެ. އޭނާއަކީ އެ ބޭންކުގައި މަސައްކަތްކުރައްވާ އެންމެ ދުވަސްވީ އެއް މުވައްޒަފެވެ.
ޚަބަރު
ޚަބަރު