މިދިޔަ އޮގަސްޓް މަހު ރާއްޖޭގެ ޖުމުލަ ރިޒާވަށް 11 ޕަސެންޓުގެ ކުރިއެރުމެއް ލިބިއްޖެއެވެ.
މަރުކަޒީ ބޭންކް، އެމްއެމްއޭގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ޖުލައި މަހުގެ ނިޔަލަށް ރާއްޖޭގެ ޖުމުލަ ރިޒާވްގައި ހުރީ 395 މިލިއަން ޑޮލަރެވެ. އެ އަދަދު މިދިޔަ މަހުގެ ތެރޭގައި ވަނީ 444 މިލިއަން ޑޮލަރަށް އިތުރުވެފައެވެ.
އަދި ޔޫޒަބަލް ރިޒާވް ނުވަތަ ބޭނުންކުރެވޭ ރިޒާވް ވެސް ވަނީ 26 ޕަސެންޓަށް އިތުރުވެފައެވެ. އެގޮތުން މިދިޔަ ޖުލައި މަހު ޔޫޒަބަލް ރިޒާވްގައި ހުރީ 45 މިލިއަން ޑޮލަރެވެ. އެ އަދަދު މިހާރު ވަނީ 61 މިލިއަން ޑޮލަރަށް އިތުރުވެފައެވެ.
ޖުމްލަ ރިޒާވް އިތުރުވި ނަމަވެސް މި އަދަދަކީ ގާތްގަނޑަކަށް އެއް މަހުގެ އިމްޕޯޓަށް ފުދޭ ވަރެވެ. އެ ހާލަތު ރަނގަޅު ކުރުމަށް އެމްއެމްއޭ އިން އަންނަނީ ރިޒާވް ބޭންކް އޮފް އިންޑިއާ (އާރްބީއައި) މެދުވެރިކޮށް 400 މިލިއަން ޑޮލަރުގެ ކަރެންސީ ސްވޮޕް ފެސިލިޓީއެއް ނެގުމުގެ މަސައްކަތް ކުރަމުންނެވެ.
ޚަބަރު
ޚަބަރު