ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައި ހުންނެވި ޔޫސުފް އަބްދުލްގަފޫރު (ޔޫސޭ) އެ މަގާމުން ވަކިކޮށްފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސްތަރުޖަމާނު ހީނާ ވަލީދު މިއަދު "ވަން" އަށް ވިދާޅުވީ ޔޫސުފް އަބްދުލްގަފޫރު އެ މަގާމުން ވަކިކުރެއްވީ ގާނޫނު އަސާސީން ރައީސުލްޖުމްހޫރިއްޔާ އަށް ލިބިފައިވާ ބާރުގެ ދަށުން ކަމަށެވެ.
ސިޔާސީ މަގާމުތަކަށް މީހުން އައްޔަންކޮށް ވަކިކުރުމަކީ ގާނޫނޫ އަސާސީން ރައީސަށް ލިބިފައިވާ ބާރެކެވެ.
އެ މަގާމަށް އިތުރު ބޭފުޅަކު އައްޔަން ކުރަން ހަމަޖައްސާފައިވާ ކަމަށް އަދި މައުލޫމާތު ލިބިފައި ނުވާ ކަމަށް ވެސް ހީނާ ވިދާޅުވިއެވެ.
ޔޫސުފް ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2014 ވަނަ އަހަރު ވެސް ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމު ފުރުއްވައިފައެވެ. އަދި ގަމު ދާއިރާގެ މެންބަރު ކަން ވެސް ކުރެއްވި ބޭފުޅެކެވެ.
ޔޫސުފް އެ މަގާމުން ވަކިކުރުމުން ހޯމްލޭންޑު ސެކިއުރިޓީ މިނިސްޓްރީގައި މިހާރު ތިއްބަވާނީ އަލްއުސްތާޒާ ލުބްނާ މުހައްމަދު ޒާހިރު އާއި ޑރ. މުހައްމަދު ކިނާނަތު އާއި އާދަމް މުހައްމަދު އަބްދުﷲ އާއި އަލްއުސްތާޒު އަހުމަދު ސިއްދީގު އަދި އަބްދުލްމަޖީދު އިބްރާހިމްއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު