ވެނެޒުއޭލާގެ އިދިކޮޅު ދެ މެމްބަރަކު ހިމާޔަތް ހޯދުމަށް އާޖެންޓީނާގެ އެމްބަސީއަށް ވަދެއްޖެއެވެ.
ވެނެޒުއޭލާގެ މައި އިދިކޮޅު ޕާޓީއަށް ނިސްބަތްވާ ދެ މެންބަރަކު އެގައުމުގައި ހުންނަ އާޖެންޓީނާގެ އެމްބަސީއަށް ވަނުމާއެކު ސަލާމަތީ ބާރުތަކުން ވަނީ އެމްބަސީ ވަށާލައިފައެވެ.
އޮފިޝަލުން ވަނީ މީގެ ކުރިން މިއަހަރުގެ ކުރީކޮޅު އެގައުމުގެ އިދިކޮޅު އެހެން ދެ މެންބަރަކު ވެސް އެ އެމްބަސީ އަށް ވަދެފައިވާ ކަމަށާއި އެ މީހުން އެމްބަސީގައި ހިމާޔަތް ހޯދައިގެން ތިބޭތާ ގިނަ ދުވަސްތަކެއް ވެފައިވާ ކަމަށް ބުނެފައެވެ.
އެމްބަސީގެ ހިމާޔަތުގެ ދަށުގައި ހުރި އިދިކޮޅު ޕާޓީގެ އިންޓަނޭޝަނަލް ކޯޑިނޭޓަރު ޕެޑްރޯ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އެ އެމްބަސީ ހިމެނޭ ސަރަހައްދު ބަންދުކޮށް އެގައުމުގެ އާމީގެ ބާރުގެ ދަށަށް އެސަރަހައްދު ގެނެސްފައިވާ ކަމަށެވެ.
މީގެ އިތުރުން އެމްބަސީ އިން ކަރަންޓު ކަނޑާލާފައިވާ ކަމަށްވެސް އިދިކޮޅު ޕާޓީގެ އޮފިޝަލުންނާ ހަވާލާދީ ރިޕޯޓުތައް ބުނެއެވެ.
ވެނެޒުއޭލާގެ ސިޔާސީ މަޝްރަހު ގޯސްވެފައިވަނީ މިދިޔަ ޖުލައި މަހު އެގައުމުގައި ބޭއްވި ރިޔާސީ އިންތިހާބަށްފަހު އާޖެންޓީނާއިން އެ އިންތިހާބުގެ ނަތީޖާއާ މެދު ސުވާލު އުފައްދުމާ ގުޅިގެންނެވެ.
އެގައުމުގެ ސަރުކާރުގެ އޮފިޝަލުން ވަނީ އާޖެންޓީނާއިން ވެނެޒުއޭލާގެ އިދިކޮޅު ފަރާތްތަކާ ބައިއަތު ހިފާފައިވާ ކަމަށް ތުހުމަތު ކޮށްފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ