ޓީ20 ކްރިކެޓް ވޯލްޑް ކަޕް އޭޝިއަން ކޮލިފަޔާސް އޭގައި ރާއްޖެއިން ކުޅުނު ހަ މެޗުގެ ތެރެއިން ދެ މެޗުން ރާއްޖެ މޮޅުވެއްޖެއެވެ.
އޮގަސްޓް 30 އިން ސެޕްޓެމްބަރު ހަޔަކަށް މެލޭޝިއާގެ ކުއަލަލަމްޕޫރުގައި ކުޅުނު ކޮލިފައިން މެޗުތަކުގެ ތެރެއިން ރާއްޖެއިން މޮޅުވީ އެންމެފަހުން މިޔަންމާއާއި މޮންގޯލިއާއާ ދެކޮޅަށް ކުޅުނު މެޗުތަކުންނެވެ. ރާއްޖެއިން ވަރުގަދަ ޓީމުތައް ކަމަށްވާ މެލޭޝިއާ، ސިންގަޕޫރު، ކުވައިތު އަދި ހޮން ކޮންގާ ދެކޮޅަށްވެސް މިފަހަރު ރަނގަޅު ކުޅުމެއް ދައްކާފައިވާ އިރު، އޭގެ ތެރެއިން ތިން މެޗުގައި ރަނގަޅަށް ބެޓްކޮށް، ރާއްޖެއިން ވަނީ 100 އަށްވުރެ މައްޗަށް ލަނޑު ހަދައިފައެވެ. އެއީ ބޮޑު ކުރިއެރުމެކެވެ.
ރާއްޖެއިން އެންމެފަހުން ކުޅުނު މެޗުގައި މޮންގޯލިއާ ބަލިކުރީ 117 ލަނޑުންނެވެ. ބަޔުމެސް އޯވަލްގައި ކުޅުނު މެޗުގައި ރާއްޖެއިން ބެޓް ކުރަން އަރައި 20 އޯވަރުގެ ތެރޭގައި ހަ ކުޅުންތެރިން ނުބައިވެގެން ހެދުނީ 178 ލަނޑެވެ.
މޮންގޯލިއާއިން ބެޓް ކުރުމަށް އަރައި، 19.1 އޯވަރުން ހުރިހާ ކުޅުންތެރިން ނުބައިވިއިރު ހެދުނީ 61 ލަނޑެވެ. އެ މެޗުގައި ރާއްޖެއަށް އެންމެ ރަނގަޅަށް ބެޓްކުރި ޕިޔާލް ކުމާރު 56 ލަނޑު ހެދި އިރު، ޔޫސުފް އަޒްޔާން ވަނީ މެޗުގައި 55 ލަނޑު ހަދައިފައެވެ.
ރާއްޖެއިން ދެން ހޯދި މޮޅުގައި މިޔަންމާ ބަލިކުރީ ނުވަ ވިކެޓުންނެވެ. މެޗުގައި މިޔަންމާއިން ފުރަތަމަ ބެޓްކުރަން އަރައި، 17 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 51 ލަނޑެވެ. ރާއްޖެއިން ބަދަލުގައި ކުޅެން އަރައި އެއް ކުޅުންތެރިން ނުބައިވެގެން 5.3 އޯވަރުގެ ތެރޭގައި 52 ލަނޑު ހަދައި މެޗުން މޮޅުވިއެވެ.
ކްރިކެޓް
ކްރިކެޓް
ކްރިކެޓް
ކްރިކެޓް