ގަވާއިދާ ހިލާފަށް ލަންކާގެ ކަނޑުގެ ސަރަހައްދުގައި މަސްވެރިކަން ކުރި އިންޑިއާ ބަޔަކު ޖޫރިމަނާކޮށްފިއެވެ.
ސްރީލަންކާގެ ދަ ކޯސްޓް ޕްރޮޓެކްޝަން ފޯސް އިން މިދިޔަ މަހުގެ ކުރީކޮޅު އެގައުމުގެ ކަނޑުގެ ސަރަހައްދުގައި ކުރިޔަށްގެންދިޔަ ހާއްސަ ރެއިޑެއްގައި އަތުލައިގަނެފައިވާ އިންޑިއާއަށް ނިސްބަތްވާ 12 މަސްވެރިންގެ މައްޗަށް އެކުލެވޭ ގުރޫޕެއް ޖޫރިމަނާކޮށްފައިވަނީ ލަންކާގެ ޕުއްޓަލަމްގެ ކޯޓަކުންނެވެ.
ކޯޓުން ވަނީ އެ 12 މަސްވެރިން އެގައުމުގެ ކަނޑުގެ ސަަހައްދުގައި ގަވާއިދާ ހިލާފަށް މަސްވެރިކަން ކޮށްފައިވާތީ ޖޫރިމަނާގެ ގޮތުގައި 185 މިލިއަން ރުޕީސް ދެއްކުމަށް އަންގައިފައެވެ.
އޮފިޝަލުން ވަނީ އެމީހުންގެ އުމުރަކީ 20 އަހަރާއި 25 އަހަރާ ދެމެދު ކަމަށް ބުނެފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ