ފިލިޕީންސްއާ ދިމާލުން އެސްޓްރޮއިޑެއް ދުނިޔެއަށް ވެއްޓިއްޖެއެވެ.

ރޭ ރާއްޖެ ގަޑިން 9:40 ހާއިރު އެއެސްޓްރޮއިޑް ވެއްޓިފައިވަނީ ފިލިޕީންސްގެ އުތުރާ ދިމާލުންނެވެ.

ނާސާއިން ވަނީ ގާތްގަނޑަކަށް އެއް މީޓަރު ބޮޑުމިނުގައި ހުރި އެ އެސްޓްރޮއިޑް ގެ ސަބަބުން އެއްވެސް ނުރައްކަލެއް ކުރިމަތި ވެފައިނުވާ ކަމަށް ބުނެފައެވެ.

އެއް މީޓަރު ބޮޑުމިނުގައި ހުންނަ އެއެސްޓްރޮއިޑް ދުނިޔެއަށް ވެއްޓުނު ވަގުތު ދުނިޔޭގެ ސަތަހައަށް ވަނުމާއެކު އަނދައިގެން ގޮސްފައިވާ ކަމަށް ނާސާއިން ވަނީ ބުނެފައެވެ.

2024 އާރް1 ނަމުން ނަން ދީފައިވާ އެ އެސްޓްރޮއިޑް ވެއްޓޭ މަންޒަރު ފެނި ގިނަ ބަޔަކު ވަނީ މީސްމީޑިއާގައި ވީޑިއޯ ހިއްސާ ކޮށްފައެވެ. ވީޑިއޯއިން ފެންނަ ގޮތުން އަލިގުޅައެއް ގޮތައް ދުނިޔެ މައްޗަށް އަލިވެ އެއަލިގުޅަ ވެއްޓޭތަން ފެނެއެވެ.