ބިދޭސީންގެ ފީ އާއި ޖޫރިމަނާގެ ގޮތުގައި 100،000 ރުފިޔާ އަށްވުރެ މަދުން ފައިސާ ދައްކަން ހުރި ފަރާތްތައް މި މަހުގެ 16 ގެ ކުރިން އެ ފައިސާ ދައްކައި ހަލާސްކުރަން އަންގައިފިއެވެ،
ހޯމްލޭންޑް މިނިސްޓްރީން އިއްޔެ ކުރި އިއުލާނުގައިވާ ގޮތުން ފީތަކާއި ޖޫރިމަނާތަކުގެ އަދަދު 100،000 ރުފިޔާ އަށް ވުރެ މަދުން ދައްކަން ޖެހޭ ފަރާތްތަކުން މި މަހުގެ 16 ގެ ކުރިން ފައިސާ ދައްކައި ހަލާސް ނުކޮށްފިނަމަ، އެ ފަރާތްތަކުގެ ލިސްޓު އާންމުކޮށް އިއުލާނުކޮށް އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް އެ ފަރާތްތައް ސަސްޕެންޑް ކުރާނެ ކަމަށެވެ.
އެ މިނިސްޓްރީން ބުނި ގޮތުގައި، ގިނަ އަދަދެއްގެ ވަޒީފާދޭ ފަރާތްތަކުން އެއްފަހަރާ ހުރިހާ ފީތަކާއި ޖޫރިމަނާތައް ދައްކައި ހަލާސް ކުރުމަށް ދަތިވާކަމުގެ ޝަކުވާ ލިބޭތީ، ވަކި މުއްދަތެއްގެ ތެރޭގައި ފައިސާ ދައްކައި ހަލާސް ކުރުމަށް އެއްބަސްވުމެއް ހެދުމުގެ ފުރުސަތު މިއަދުން ފެށިގެން އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް ދޭން ނިންމައިފައިވާ ކަމަށެވެ.
ބިދޭސީންގެ ފީތަކުގެ ގޮތުގައި ދައުލަތަށް 636 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުލިބިވާ އިރު، ފައިސާ ނުދައްކާ ފަރާތްތަކުގެ ލިސްޓު އާންމު ކުރުމުން ބައެއް ފަރާތްތަކުން ވަނީ ފައިސާ ދައްކައިފައެވެ. އެގޮތުން މިހާތަނަށް 182.9 މިލިއަން ރުފިޔާ ހޯދިފައިވާ ކަމަށް ހޯމް މިނިސަޓްރީން މީގެ ކުރިން ބުނެފައިވެއެވެ.
ރާއްޖޭގައި 139،000 މަސައްކަތު މީހުންނަށް ހުއްދަ ދޫކޮށްފައި ވިޔަސް ބަރާބަރަށް ފައިސާ ދައްކަނީ އެންމެ 36 ޕަސެންޓް މީހުން ކަމަށް ހޯމް ލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން މީގެ ކުރިން ވިދާޅުވެފައިވެއެވެ.
ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް އިމިގްރޭޝަން އާއި ފުލުހުން ގުޅިގެން އަންނަނީ ހާއްސަ އޮޕަރޭޝަނެއް ކުރިއަށްގެންދަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު