ބާރުގަދަ ތޫފާން ޝަންޝަން ޖަޕާނަށް އަރައި ހަމީހުން މަރުވެއްޖެއެވެ.
ހޮނިހިރު ދުވަހު ޖަޕާނުގެ އިރުމަތީ ސަރަހައްދުތަކަށް އަރާފައިވާ ތޫފާން ޝަންޝަންގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް އެ ގައުމަށް ލިބެމުންދާއިރު މިހާތަނަށް ހަ މީހަކު މަރުވެ 100 އަށްވުރެން ގިނަ މީހުނަށް އަނިޔާވެފައިވާކަމަށް އޮފިޝަލުން ބުނެއެވެ.
ތޫފާން ޝަންޝަންގެ ސަބަބުން ޖަޕާނުގެ ބޮޑު ސަރަހައްދަކަށް ބޯކޮށް ވާރޭވެހިފައިވާއިރު ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތައް ހިނގަމުންދާ ކަމަށް އޮފިޝަލުން ބުނެއެވެ.
ޖަޕާނުގެ ގައުމޯ ޓީވީ އެންއެޗްކޭ އިން ވަނީ ތޫފާން އަރާފައިވާ ސަރަހައްދުތަކުގެ މަގުތައް ހަލާކުވެ ގެތަކަށްވެސް ބޮޑެތި ގެއްލުންތަކެއް ވެފައިވާކަމަށް ރިޕޯޓުކޮށްފައެވެ.
އޮފިޝަލުން ވަނީ ތޫފާނުގެ ސަބަބުން 35،000 އަށްވުރެން ގިނަ ގެތަކަކަށް ގެއްލުންވެ ކަރަންޓުގެ ހިދުމަތް ކެނޑިފައިވާކަމަށް ބުނެފައެވެ.
ކުރިޔަށް އޮތް ދުވަސްތަކުގައި ތޫފާނުގެ ބާރު ދަށްވާނެ ކަމަށް އޮފިޝަލުން ބުނާއިރު އަދިވެސް ބޯކޮށް ވާރޭ ވެހޭނެކަމަށް ބުނެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ