ތައިލެންޑުގެ ޓަނަލެއްގައި ތާށިވީ މީހުން މަރުވެއްޖެއެވެ.
ތައިލެންޑުގެ ވެރިރަށް ބެންކޮކްއާ 200 ކިލޯމީޓަރު ދުރުން އޮންނަ ޕަކް ޗޮންގް ޑިސްޓްރިކްޓުގައި ހަދަމުން ދިޔަ ރޭލު ޓަނަލްގެ ތެރޭގައި ތާށިވެފައިވީ އެތަނުގަައި މަސައްކަތް ކުރި ތިން މީހުންނެވެ.
އެ ތިން މީހުން ތާށިވެފައިވަނީ އެމީހުން މަސައްކަތް ކުރަމުން ގެންދިޔަ ޓަނަލްގެ ބައެއް ވެއްޓުމުގެ ސަބަބުންނެވެ.
އެ ތިން މީހުން ވެސް މަރުވެފައިވާ އިރު، އެއީ ޗައިނާގެ ދެ މީހުންނާއި މިޔަންމާއަށް ނިސްބަތްވާ އެކަކު ކަމަށްވެސް އޮފިޝަލުން ބުނެއެވެ.
އެމީހުން ސަލާމަތްކުރުމަށް ކުރި މަސައްކަތް ފަސް ދުވަހަށް ދިގުދެމިގެން ދިޔައިރު، އިއްޔެ ވަނީ އެމީހުން ތިބި ހިސާބަށް ރެސްކިއު ޓީމުތަކަށް ނުދެވެނީސް އެތަނުގެ އޮކްސިޖަން ދަށްވެގެން އެމީހުން މަރުވެފައެވެ.
މަރުވި މީހުންގެ ހަށިގަނޑުތައް ޓަނަލް އިން ނެރެފައިވާ އިރު އޮފިޝަލުން ވަނީ ރެސްކިއު ޓީމުގައި ތަޖުރިބާކާރުން މަދުވުމުގެ ސަބަބުން އެކަން ކާމިޔާބު ނުވީކަމަށް ބުނެފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ