އިންޑިއާގައި ޑޮކްޓަރުންގެ މުޒާހަރާތައް ހުއްޓުވުމަށް ކަރުނަ ގޭސް ޖަހައިފިއެވެ.
އިންޑިއާގެ ޓްރެއިނިން ޑޮކްޓަރެއް ރޭޕުކޮށް މާރާލުމުގެ މައްސަލަ ފެންމަތިވުމާއެކު އެ ގައުމުގެ އެކި ކަންކޮޅުތަކުގައި އެތައް ހާސް ބަޔަކު ވަނީ މަގުތަކަށް ނިކުމެ މުޒާހަރާ ކުރަން ފަށާފައެވެ. މުޒާހަރާ ކުރާ ފަރާތްތަކުގެ ތެރެއިން އެންމެ އިސް ސަފުގައި ތިބީ އެ ގައުމުގެ އެކި ކަންކޮޅުތަކުގެ ޑޮކްޓަރުން ކަމަށް ރިޕޯޓުތައް ބުނެއެވެ.
މުޒާހަރާތައް އެންމެ ހޫނުވެފައިވާ އިންޑިއާގެ އިރުމަތީ ކަލްކަތާގައި ފުލުހުން ވަނީ މުޒާހަރާތައް ކޮންޓްރޯލް ކުރުމަށް ކަރުނަ ގޭހާއި ޕްރެޝަރުގައި ފެން ޖަހާފައި ކަމަށް އޮފިޝަލުން ބުނެއެވެ. އިއްޔެ މުޒާހަރާ ކުރިޔަށް ގޮސްފައިވަނީ ކަލްކަތާގެ ޗީފް މިނިސްޓަރު ހުންނަވާ އިމާރާތުގެ ބޭރުގައެވެ.
އިންޑިއާގެ ސެންޓަރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަނުން ޑޮކްޓަރުގެ މަރުގެ މައްސަލަ ތަހުގީގު ކުރަމުން އަންނަ އިރު އެމައްސަލައިގެ ތެރެއަށް ސަރުކާރުން ގިނަ ނުފޫޒުތަކެއް ފޯރުވަމުންދާކަމަށް މުޒާހަރާތަކުގައި ވަނީ ތުހުމަތު ކޮށްފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ