ޓީ20 ކްރިކެޓް ވޯލްޑް ކަޕް އޭޝިއަން ކޮލިފަޔާސް އޭގައި ވާދަކުރަން ރާއްޖޭގެ ޓީމު ތައްޔާރުވެއްޖެއެވެ.
މިދިޔަ އާދީއްތަ ދުވަހު ޓީމު މެލޭޝިއާއަށް ގޮސްފައިވާ އިރު، މެލޭޝިއާގެ ކުއަލަ ލަމްޕޫރުގައި އެގައުމުގެ ލޯކަލް ތިން ޓީމަކާ ދެކޮޅަށް ރާއްޖެއިން އެކުވެރިކަމުގެ ތިން މެޗެއް ކުޅެން ވަނީ ހަމަޖެހިފައެވެ.
މެލޭޝިއާގައި ކުރިއަށްދާ ކޮލިފައިންގައި ރާއްޖެއާއެކު ޖުމުލަ ހަތް ގައުމެއް ވާދަކުރާނެއެވެ. އެއީ، މެލޭޝިއާ، ކުވެއިތު، ހޮންގް ކޮންގް، މޮންގޯލިއާ، މިޔަންމާ އަދި ސިންގަޕޫރެވެ. ގްރޫޕް ފޭސްގައި އެ ހަތް ގައުމުގެ މެދުގައި، ކުޅޭ ލީގު ބުރަށް ފަހު، އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެއް، ރީޖަނަލް ފައިނަލް ބުރަށް ހޮވޭނެއެވެ. ރީޖަނަލް ފައިނަލުގައި، މުޅި އޭޝިއާ އިން ނުވަ ޓީމެއް ވާދަކުރާނީ، ޓީ20 ވޯލްޑް ކަޕުން އޭޝިއާ ލިބޭ ފަހު ދެ ޖާގައަށެވެ.
ރާއްޖެއިން ފުރަތަމަ މެޗުގައި މިމަހު 30 ގައި މެލޭޝިއާއާ ކުޅުމަށް ފަހު، 31 ގައި ބައްދަލުކުރާނީ ސިންގަޕޫރާއާއެވެ. އޭގެފަހުން، ސެޕްޓެމްބަރު ދެވަނަ ދުވަހު، ކުވެއިތާ ދެކޮޅަށް ކުޅުމަށްފަހު، ސެޕްޓެމްބަރު ތިންވަނަ ދުވަހު ހޮންގް ކޮންގްއާ ދެކޮޅަށް ނުކުންނާނެއެވެ. އޭގެފަހުން ސެޕްޓެމްބަރު މަހު ފަސްވަނަ ދުވަހު މިޔަންމާއާ ކުޅުމަށްފަހު، ކޮލިފައިން ފުރަތަމަ ބުރުގެ ފަހު މެޗުގައި، ރާއްޖޭން ސެޕްޓެމްބަރު މަހު ހަވަނަ ދުވަހު ކުޅޭނީ މޮންގޯލިއާއާ ދެކޮޅަށެވެ.
ގައުމީ ކްރިކެޓް ޓީމުގެ ކޯޗަކީ، ސްރީ ލަންކާގެ ޕަސިންދު ލިޔަނާރަޗީއެވެ. މެނޭޖަރަކީ، އަލީ މުހައްމަދު މަނިކެވެ.
- ޔޫސުފް އަޒްޔާން (ކެޕްޓަން)
- އާދަމް ނާސިފް އުމަރު (ވައިސް ކެޕްޓަން)
- އާޒިން މުހައްމަދު
- މަބްސަރު އަބްދުﷲ
- މުހައްމަދު އައްޒާމް
- އިސްމާއިލް އަލީ
- މުހައްމަދު ރިޝްވާން
- އިބްރާހިމް ރިޒާން
- ލީމް ޝަފީގް
- އަލީ ޝުނާން
- ހަސަން އިބްރާހިމް
- މުހައްމަދު މިއުވާން
- މުހައްމަދު ޝިޔާމް
- ޕިޔަލް ކުމާރު
ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް
ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް
ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް