ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޑެޕިއުޓީ ސީއީއޯގެ މަގާމުގައި ހުންނެވި އައިޝަތު ނޫރައްދީން އެ ބޭންކުގެ ބޯޑު މެންބަރުން ކަމުން މިއަދު ވަކިކޮށްފިއެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި އައިޝަތު ނޫރައްދީން ބޭންކުގެ ބޯޑުން ވަކިކޮށްފައިވަނީ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ)ން އޭނާއަށް މިއަދު ފޮނުވި ސިޓީއަކުންނެވެ.
ބީއެމްއެލްގެ ހިންގާ ގަވާއިދު ބުނާ ގޮތުން އެ ބޭންކުގެ ޑިރެކްޓަރުންނަކީ އެ ކުންފުނީގެ ހިއްސާދާރުންގެ ފަރާތުން ހުށަހަޅައިގެން ބޭންކަށް އައްޔަންކުރާ ފަރާތްތަކެކެވެ. އެގޮތުން އެންމެ ބޮޑު ހިއްސާދާރުގެ ހައިސިއްޔަތުން ސަރުކާރަށް ހަތް ޑިރެކްޓަރުން އައްޔަން ކުރަން ލިބޭއިރު ބާކީ ތިބޭ ހަތަރު ޑިރެކްޓަރުންގެ ތެރެއިން ތިން ހިއްސާދާރުން އިންތިހާބު ކުރަނީ އާންމު ހިއްސާދާރުންގެ ތެރެއިންނެވެ. ދެން ހުންނަނީ ސަރުކާރުން ހުށަހަޅައިގެން އައްޔަންކުރާ މުސްތަގިއްލު ޑިރެކްޓަރެކެވެ.
ގަވާއިދުގައި ބުނެފައިވާ ގޮތުން ސަރުކާރުން ހުށަހަޅާ ޑިރެކްޓަރުންގެ ނަންތައް ފާސްކުރަނީ ސަރުކާރުގެ ހިއްސާތައް ހިމެނޭ ގޮތަށް ނަގާ ޕޯލްއަކުންނެވެ. އަދި އާންމު ހިއްސާދާރުންގެ ތެރެއިން އިންތިހާބުކުރާ ޑިރެކްޓަރުންގެ ނަންތައް ފާސްކުރަނީ ހަމައެކަނި އާންމު ހިއްސާދާރުންގެ މެދުގައި ނަގާ ޕޯލްއަކުންނެވެ. ހުރިހާ ޑިރެކްޓަރުންގެ ނަންވެސް ފާސްކުރަން ޖެހެނީ އަހަރީ އާންމު ޖަލްސާގައެވެ.
މިދިޔަ ޖެނުއަރީގައިވެސް ޕީސީބީން ބީއެމްއެލްގެ ފަސް ޑިރެކްޓަރަކު މަގާމުން ވަކިކުރި އެވެ. ނަމަވެސް ފަހުން އެ ބޭފުުޅުން އަލުން ބޯޑަށް ހަމަޖެއްސިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު