ފިރިހެނުންގެ ޝޯޓްކޯސް 100 މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓުގެ ގައުމީ ރެކޯޑް މުބާލް އައްޒާމް އިބްރާހިމް މުގުރާލައިފިއެވެ.

މުބާލް ރެކޯޑު ހެދީ އޮސްޓްރޭލިއާގެ މެލްބަންގައި ކުރިއަށް ދިޔަ އަންކުލައުޑް ވިކްޓޯރިއަން އޯޕަން ޝޯޓްކޯސް ޗެމްޕިއަންޝިޕްސް 2024 ގައި ވާދަކޮށްގެންނެވެ. މުބާލް ރެކޯޑު ހެދީ އެއް މިނެޓާއި 4.51 ސިކުންތުން އިއްޔެ ކުރިއަށް ދިޔަ ރޭސް ނިންމައިގެންނެވެ.

މީގެ ކުރިން އެންމެފަހުން 100 މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓްގް ގައުމީ ރެކޯޑް ހަދާފައި އޮތީ އަލީ އިމްއާނެވެ. އެއީީ، 2021 ވަނަ އަހަރު ބޭއްވުނު ފީނާ ސްވިމިން ވޯލްޑްކަޕްގެ ހަތަރުވަނަ ލެގްގައި ވާދަކޮށްގެންނެވެ. އޭނާގެ ރެކޯޑު ޓައިމިންއަކީ އެއް މިނެޓާއި 4.93 އެކެވެ. އެހެންކަމުން މުބާލްގެ ޓައިމިންއަކީ މިލިސިކުންތުކޮޅެއް އަވަސް ޓައިމިންއެކެވެ.