މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ ސީއީއޯގެ މަގާމަށް ކުރީގެ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު ސައުދީ އައްޔަން ކޮށްފިއެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން މިއަދު ބުނީ އެމްޓީސީސީގެ ސީއީއޯ ކަމަށް ހުންނެވި މުހައްމަދު ޒިޔާދު އެ މަގާމުން މިއަދު ވަކިކޮށްފައިވާ ކަމަށެވެ.

އަދި ޒިޔާދުގެ ބަދަލުގައި އެ މަގާމަށް ސައުދީ އައްޔަންކޮށްފައިވާ ކަމަށް ވެސް ޕީސީބީން ބުންޏެވެ.

ސައުދީ ވަނީ މީގެ ކުރިން ޔޫތް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމު އަދާކުރައްވައިފައެވެ.

އޭނާ އެންމެ ފަހުން ހުންނެވީ މާލޭ ސިޓީ ކައުންސިލުން މާލޭގެ މަގުމަތީގެ އެކިއެކި ކަންކަން ބަލަހައްޓަން އުފެއްދި ކޮމިޔުނިޓީ އެންގޭޖްމެންޓް ޔުނިޓްގެ އިސްވެރިޔާގެ މަގާމުގައެވެ.