ބުޅާ މަހުން ކާބޯތަކެތި ތައްޔާރުކުރާކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާ ތައްޔާރުކުރި ތަކެތި ވިއްކި ފިހާރަތައް ކަމަށް ބުނެ މޯލްޑިވްސް އިމިގްރޭޝަންގެ ނަމުގައި ދައުރު ކުރަމުންދަނީ ސައްހަ ނޫން ލިސްޓެއް ކަމަށް އެ އިދާރާ އިން މިއަދު ބުނެފިއެވެ.
އިމިގްރޭޝަންގެ ފޭސްބުކް ޕޭޖުގެ ނަން ޖަހައިގެން ދައުރު ކުރަމުންދާ ފޮޓޯގައި ޖުމުލަ 20 ފިހާރައެއްގެ ނަން ހިމަނާފައިވާއިރު، އެ ފޮޓޯގައި ބުނެފައިވަނީ އެއީ ބުޅާ މަހުން ކާބޯތަކެތި ތައްޔާރުކުރިކަމުގެ ތުހުމަތަށް އިއްޔެ ހައްޔަރުކުރި ބަންގްލަދޭޝް ރައްޔިތެއް ކަމަށްވާ އަރަފާތު ހޮސައިން، ތައްޔާރުކުރި ތަކެތި ވިއްކަންލީ ފިހާރަތައް ކަމަށެވެ.
އަދި އެ ފިހާރަތަކުން އެފަދަ އެއްޗެއް ގަނެގެން ބޭނުން ކޮށްފައިވާނަމަ، ޑޮކްޓަރަށް ދެއްކުމަށް އެ ޕޯސްޓުގައި ލިޔެފައިވެއެވެ.
ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝަމްއާން ވަހީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެއީ އިމިގްރޭޝަން ނަމުގައި ދައުރު ކުރަމުންދާ ފޭކް ލިސްޓެއް ކަމަށެވެ.
އަރަފާތް ހައްޔަރުކުރީ އިއްޔެ ހެނދުނުގެ ވަގުތެއްގައި މާލޭގެ ސެލޫނެއްގައި ސިފަ ބަދަލުކުރަން ގޮސް ހުއްޓައެވެ. އަދި އޭނާ މިހާރު ވަނީ އިމިގްރޭޝަނާ ހަވާލުކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު