ރާއްޖޭގެ މޫސުން މިއަދުން ފެށިގެން ރަނގަޅު ވާނެ ކަމަށް މޫސުމާބެހޭ އިދާރާއިން ބުނެފިއެވެ.
އެ އިދާރާއިން "ވަން" އަށް މިއަދު ބުނީ ދެކުނަށް މިއަދު މޫސުން ވަރަށް ރަނގަޅު ކަމަށާއި ވައި ހުރީ 5 މޭލާއި 15 މޭލާއި ދެމެދުގައި ކަމަށެވެ. މެދުރާއްޖެތެރެއަށްވެސް މޫސުން ރަނގަޅު ކަމަށާއި އާންމު ވައި 8 މޭލާއި 16 މޭލާ ދެމެދު ހިފެހެއްޓިފައި ހުރި ކަމަށެވެ.
"ދޭތެރެދޭތެރެއިން ކެރީގެ އަސަރު ކުރިނަމަވެސް، ކަނޑުތައް އެހާގަދައެއް ނުވާނެ. އަދި ދެމިގެންދާ ގޮތަށް ގަދައެއް ނުވާނެ. އާންމުކޮށް މޫސުން ރަނގަޅު." މޫސުމާ ބެހޭ އިދާރާގެ އޮފިޝަލު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ރާއްޖޭގެ އެންމެ އުތުރަށްވެސް މޫސުން ރަނގަޅު ކަމަށާއި އެހެން ނަމަވެސް ދެކުނާއި މެދުރާއްޖެތެރެއާ އެއްވަރަށް އަދި މަޑު ނުވާ ކަމަށެވެ.
ކުރިޔަށް މި އޮތް ހަފުތާގެ މޫސުން ވެސް ފެންނަނީ ރަނގަޅުކޮށް ކަމަށް މޫސުމާ ބެހޭ އިދާރާއިން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު