ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި 13 ރަށެއްގެ 77 ގެއަކަށް ގެއްލުން ލިބިފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖުމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ.
އެންޑީއެމްއޭއިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އެ 77 ގެއިން ވަނީ އެސެސްމެންޓް ފޯމު ހުށަހަޅައިފައި ކަމަށެވެ. އަދި ބުނީ ތިން ރަށެއްގެ ދަނޑުބިންތަކަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ.
އެންޑީއެމްއޭއިން ބުނީ މިހާރު އެ އިދާރައިން ކުރަމުންދަނީ އެ ފޯމްތަކުގެ ގެއްލުންތައް ވަޒަންކުރުމުގެ މަސައްކަތް ކަމަށެވެ.
މާލޭގައި ފެންބޮޑުވުމުގެ ސަބަބުން އެސެސްމެންޓް ހަދަންޖެހޭ ކަމަށް ފާހަގަ ކުރެވުނު 41 ގެއެއްގެ ތެރެއިން 37 ގެއެއްގެ އެސެސްމެންޓް ހަދާ ނިމިފައިވާ ކަމަށް އެންޑީއެމްއޭއިން ބުންޏެވެ. މާލޭގެ ހަތަރު ގެއަކުން ވަނީ އެސެސްމަންޓު ހަދަން ބޭނުންނުވާކަން އަންގާފައި ކަމަށެވެ. މާލޭގެ ގެތަކުގެ އިމާރާތްތަކަށާއި ހިފާ ގެންގުޅޭ ތަކެއްޗަށް މި ވިއްސާރައިގެ ސަބަބުން 819،549 ރުފިޔާގެ ގެއްލުން ލިބިފައިވާ ކަމަށް އެންޑީއެމްއޭއިން ބުންޏެވެ.
ރާއްޖެއަށް މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރައިގައި ގިނަ ރަށްރަށުގައި ފެންބޮޑުވެއެވެ. މާލޭގެ ބައެއް މަގުތަކުގައި ވަނީ ވަރަށް ބޮޑަށް ފެންބޮޑުވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު