ރާއްޖޭގެ އެންމެ ކުރިއަރަމުން އަންނަ އެއް ފެތުންތެރިޔާ އަމްނާ ތަޒްކިޔާ މިރުސާދާއި ނިއު ލެގޫންސް ސްވިމިން ކްލަބުގެ އިތުރު ފެތުންތެރިންވެސް ތައިލެންޑްގެ އޭއޯއެސްއައި ޝޯޓް ކޯސް/ އޭޖް ގްރޫޕް ސްވިމިން ޗެމްޕިއަންޝިޕް، ބެންކޮކް އެޑިޝަންގައި ވާދަކޮށް ގިނަ ކާމިޔާބީތަކެއް ހޯދައިފިއެވެ.
ނިއު ލެގޫންސް ސްވިމިން ކްލަބުގެ ފެތުންތެރިން ތައިލެންޑް މުބާރާތުން އިންޑިވިޖުއަލް 11 މެޑަލް އާއި ރިލޭ އެއް މެޑަލް ހޯދައިފައިވެއެވެ. އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ ތަޒްކިޔާގެ ކާމިޔާބީތަކެވެ. އޭނާ ވަނީ 100 މީޓަރު ފްރީ ސްޓައިލް އިވެންޓުން ރަން މެޑަލް، 200 މީޓަރާއި 50 މީޓަރު ފްރީ ސްޓައިލް އިވެންޓުން ރިހި މެޑަލްއެއް ހޯދައިފައެވެ. އަދި 50 މީޓަރު ބަޓަފްލައި އިވެންޓާއި 200 މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓުންވެސް ތަޒްކިޔާ ލޯ މެޑަލް ހޯދިއެވެ.
ނިއު ލެގޫންސް ސްވިމިން ކްލަބުގެ އިތުރު ކާމިޔާބީތަކަށް ބަލާ އިރު، އިބްރާހީމް މާދު ސާޖިދު ވަނީ 100 މީޓަރު ފިރިހެން ބެކްސްޓްރޯކް އަދި 200 މީޓަރު ބެކްސްޓްރޯކް އިވެންޓުން ލޯ މެޑަލް ހޯދައިފައެވެ. އަދި ލޫތު މުހައްމަދު ހުސައިން ވަނީ 200 މީޓަރު ބްރެސްޓްސްޓްރޯކާއި 25 މީޓަރު ބްރެސްޓްސްޓްރީކް އިވެންޓުން ލޯ މެޑަލް ހޯދައިފައެވެ. އެ ދެ ފެތުންތެރިންވެސް ރިހި މެޑަލް ހޯދި ރިލޭ ޓީމުގައި ހިމެނެއެވެ.
ނިއު ލެގޫންސްގެ ފިރިހެން ފެތުންތެރިން ރިހި މެޑަލް ހޯދި ރިލޭ އިވެންޓަކީ ހަތަރެއް ގުނަ 50 މީޓަރުގެ ފިރިގެން ފްރީސްޓައިލް އިވެންޓެވެ. އެ ޓީމުގައި ހިމެނެނީ ލޫތު، މާދުގެ އިތުރުން ހަމީމް އަދި އިޒްޔާން ނާޒިމެވެ.
އޭގެ އިތުރުން ދެން މެޑަލް ހޯދި ފެތުންތެރިޔަކީ އައިޝަތު ޝައިހާ ޝާފިއުއެވެ. އޭނާ ވަނީ 100 މީޓަރުގެ ބެކްސްޓްރޯކާއި ބްރެސްޓްސްޓްރޯކް އިވެންޓުން މެޑަލް ހޯދައިފައެވެ. ބްރެސްޓްސްޓްރޯކް އިވެންޓިން ޝައިހާ ހޯދީ ރިހި މެޑަލްއެވެ. އަނެއް އިވެންޓުން ހޯދީ ލޯ މެޑަލްއެކެވެ.
އޭގެ އިތުރުންވެސް އިއްޔެގެ އިވެންޓްތަކުން ރާއްޖޭގެ ހުނަރުވެރި ދެ ފެތުންތެރިން ކަމަށްވާ މުހައްމަދު ރިހާން ޝިހާމް އާއި މެރާލް އައިން ލަތީފްވެސް ގިނަ ކާމިޔާބީތަކެއް ތައިލެންޑް މުބާރާތުން ހޯދިއެވެ.
ސްވިމިން
ސްވިމިން
ސްވިމިން
ސްވިމިން