ތައިލެންޑްގައި ކުރިއަށްދާ އޭއޯއެސްއައި ޝޯޓް ކޯސް/ އޭޖް ގްރޫޕް ސްވިމިން ޗެމްޕިއަންޝިޕް، ބެންކޮކް އެޑިޝަންގައި ވާދަކޮށް ރާއްޖޭގެ މުހައްމަދު ރިހާން ޝިހާމްއާއި މެރާލް އައިން ލަތީފުވެސް ގިނަ މެޑަލްތަކެއް ހޯދައިފިއެވެ.
އިއްޔެ ކުރިއަށްދިޔަ އިވެންޓްތަކުން ގައުމީ ފެތުންތެރިޔާ ރިހާން ވަނީ ތިން ރިހި މެޑަލްއާއި އެއް ލޯ މެޑަލް ހޯދައިފައެވެ. އަދި މެރާލް ވަނީ، ތިން ލޯ މެޑަލްއާއި އެއް ރިހި މެޑަލް ހޯދައިފައެވެ. އޭގެ އިތުރުން ދަނިއާލް އަމީން ފައިސަލްވެސް ވަނީ ލޯ މެޑަލްއެއް ހޯދައިފައެވެ.
ދަނިއާލް މެޑްލް ހޯދީ 50 މީޓަރު ބަޓަފްލައި އިވެންޓުންނެވެ. އެއީ 12-13 އަހަރުގެ ކެޓަގަރީގެ 50 މީޓަރު ބަޓަފްލައި އިވެންޓް، 31.14 ސިކުންތުން ނިންމައިގެންނެވެ.
ރިހާން، 16-18 އަހަރާ ދެމެދު އުމުރުފުރާގައި ވާދަކޮށް، ރިހި މެޑަލް ހޯދި އިވެންޓްތަކަކީ 50 މީޓަރު ބެކްސްޓްރޯކް، 100 މީޓަރު ބަޓަފްލައި، 100 މީޓަރު ބެކްސްޓްރޯކް އިވެންޓެވެ. ރިހާން ލޯ މެޑަލް ހޯދީ 200 މީޓަރު ފްރީސްޓައިލް އިވެންޓުންނެވެ.
ރިހާން 50 މީޓަރު ބެކްސްޓްރޯކް ނިންމީ، 29.06 ސިކުންތުންނެވެ. 100 މީޓަރު ބަޓަފްލައި އިވެންޓް 59.69 ސިކުންތުން ނިންމި އިރު، 100 މީޓަރު ބެކްސްޓްރޯކް ނިންމީ އެއް މިނެޓާއި 2.81 ސިކުންތުންނެވެ. ލޯ މެޑަލް ހޯދި 200 މީޓަރު ފްރީސްޓައިލް އިވެންޓް އޭނާ ނިންމީ، ދެ މިނެޓާއި 03.06 ސިކުންތުންނެވެ.
މެރާލް، މެޑަލްތައް ހޯދީ 14-15 އަހަރުގެ ކެޓަގަރީގައި ވާދަކޮށްގެންނެވެ. މެރާލް ލޯ މެޑަލް ހޯދި އިވެންޓްތަކުގެ ޓައިމިންއަށް ބަލާއިރު، އޭނާ 200 މީޓަރު ބަޓަފްލައި އިވެންޓް ނިންމީ ދެ މިނެޓާއި 54.06 ސިކުންތުންނެވެ. އަދި 100 މީޓަރުގެ ބަޓަފްލައި އިވެންޓް ނިންމީ އެއް މިނެޓާއި 11.52 ސިކުންތުންނެވެ.
އޭގެ އިތުރުން މެރާލް ލޯ މެޑްލް ހޯދީ 321.14 ސިކުންތުން 50 މީޓަރު ބަޓަފްލައި އިވެންޓް ނިންމައިގެންނެވެ. އޭނާ ރިހި މެޑަލް ހޯދީ 100 މީޓަރު އިންޑިވިޖުއަލް މެޑްލީ އެއް މިނެޓާއި 14.07 ސިކުންތުން ރޭސް ނިންމައިގެންނެވެ.
ސްވިމިން
ސްވިމިން
ސްވިމިން
ސްވިމިން