މިނިވަން ދުވަސް ފާހަގަކުރުމުގެ ގޮތުން ދިރާގުން ލޯންޗުކުރި ހާއްސަ ސޯޝަލް މީޑިއާ ކޮންޓެސްޓްގެ ނަސީބުވެރިންނަށް އިނާމު ހަވާލުކޮށްފިއެވެ.
ރާއްޖޭގެ 59 ވަނަ މިނިވަން ދުވަސް ފާހަގަކުރުމުގެ ގޮތުން ދިރާގުން ވަނީ ހާއްސަ ސޯޝަލް މީޑިއާ ކޮންޓެސްޓެއް ލޯންޗުކޮށްފައެވެ. އެގޮތުން މިނިވަން ދުވަހުގެ ހާއްސަ ފޮޓޯއެއް Minivan26 ހޭޝްޓެގާ އެކު ފޭސްބުކް، އިންސްޓަގްރާމް ނުވަތަ އެކްސްގައި ހިއްސާކޮށްލައިގެން މި ކޮންޓެސްޓްގައި ބައިވެރިވުމުގެ ފުރުސަތު ދިރާގުން ހުޅުވައިލިއެވެ.
މީގެ ތެރެއިން ހޮވުނު ތިން ނަސީބުވެރިންގެ ތެރެއިން، ކޮންމެ ފަރާތަކަށް ވަނީ ފުޖިފިލްމް އިންސްޓެކްސް މިނީ 12 އިންސްޓަންޓް ކެމެރާ އަދި އިންސްޓެކްސް މިނީ އިންސްޓަންޓް ފިލްމު ޕެކެއް ދީފައެވެ.
- އާމިނަތު ފަޒްލާ
- އިސްމާއިލް ސައިމަން
- އާމިނަތު ލީލާ
ދިރާގުން ބުނި ގޮތުގައި އެ ކުންފުނީގެ އަމާޒަކީ، އެފަދަ ހާއްސަ ދުވަސްތަކާ ގުޅުވައިގެން ތަފާތު، މަޖާ އަދި ހިތްގައިމު ހަރަކާތްތައް އާންމުންނާ ހަމައަށް ގެނެސްދިނުމެވެ.
ޚަބަރު
ޚަބަރު