ތައިލެންޑުގެ އާ ބޮޑުވަޒީރު، ޕެޓޮންގްޓާން ޝިނަވަތުރާއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަރުހަބާ ވިދާޅުވެއްޖެއެވެ.
ޕެޓޮންގްޓާން ތައިލެންޑުގެ ބޮޑުވަޒީރު ކަމަށް އިންތިހާބުވީ، މިދިޔަ ހުކުރު ދުވަހު ބޭއްވި އިންތިހާބުގައި ޕާލަމެންޓުގެ 493 ގޮނޑީގެ ތެރެއިން 314 ގޮނޑި ކާމިޔާބުކޮށްގެންނެވެ.
ޕެޓޮންގްޓާންއަށް މަރުހަބާ ވިދާޅުވެ، ރައީސް މުއިއްޒު އެކްސްގައި މިއަދު މެންދުރު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޕެޓޮންގްޓާންގެ ލީޑަޝިޕްގެ ދަށުން، ތައިލެންޑު ތަނަވަސްކަމުގެ އާ ޒަމާނަކަށް ވަންނާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އަދި ރާއްޖެ އާއި ތައިލެންޑާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތް ކުރެއްވުމަށް އުންމީދު ކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.
ޕެޓޮންގްޓާންއަކީ، ތައިލެންޑުގެ ބޮޑު ވަޒީރުކަމަށް އިންތިހާބު ކުރި އެންމެ ހަގު ބޭފުޅާއެވެ. އެކަމަނާގެ އުމުރުފުޅަކީ 37 އަހަރެވެ. އެ ކަމަނާއަކީ، ފީއު ތައި ޕާޓީގެ ބާނީ ބިލިއަނަރު ތަކްސިން 75އ ގެ އެންމެ ހަގު ދަރިކަނބަލުންނެވެ.
ރާއްޖެއަކީ، ތައިލެންޑުގެ ގިނަ އަދަދެއްގެ ރައްޔިތުން މަސައްކަތުގައި އުޅޭ ގައުމެކެވެ. އެގޮތުން އެ ގައުމުގެ އަންހެނުން ރާއްޖޭގެ ކެފޭ/ރެސްޓޯރެންޓު އަދި ސްޕާ ތަކުގައި ގިނައެވެ.
ޚަބަރު
ޚަބަރު
ޚަބަރު