ކަސްޓަމަރުންނަށް ހިލޭ 5ޖީ ރައުޓަރެއް ލިބޭ ހާއްސަ ލިމިޓަޑް-ޓައިމް ޕްރޮމޯޝަނެއް ދިރާގުން ފަށައިފިއެވެ.
ދިރާގުން ބުނީ، އަންނަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ކުރިއަށްގެންދާ ޕްރޮމޯޝަންގެ ދަށުން އާ 5ޖީ ޓާބޯ 749 ނުވަތަ މަތީގެ ޕްލޭނަކަށް ސަބްސްކްރައިބް ކުރާ ހުރިހާ ކަސްޓަމަރުންނަށް ހިލޭ 5ޖީ ރައުޓަރެއް ލިބިގެންދާނެ ކަމަށެވެ.
އަދި 5ޖީ ޓާބޯ ވައިފައި ޕްލޭން ތަކާއެކު ކަސްޓަމަރުންނަށް އިތުބާރު ކުރެވޭ، 5ޖީ ސްޕީޑްގެ ހަލުވި އިންޓަނެޓް ކޮންމެ ތަނެއްގައި ހުރެގެންވެސް ބޭނުންކޮށްލެވޭނެ ކަމަށް ބުންޏެވެ.
ދިރާގުގެ މެނޭޖާ އެކުއިޒިޝަންސް އެންޑް ސީއެލްއެމް ޖަނާ އިބްރާހިމް ވިދާޅުވީ، ދިރާގުން އަބަދުވެސް މަސައްކަތް ކުރަނީ ކަސްޓަމަރުންނަށް ތަފާތު ހިތްގައިމު އާ އޮފާތަކެއް ގެނެސްދީ ފަސޭހަކަމާއެކު އެ ފަރާތްތައް ގުޅުވާލަދިނުން ކަމަށެވެ.
"އެގޮތުން ދިރާގު 5ޖީ ޓާބޯ ވައިފައިއާއެކު ކަސްޓަމަރުންނަށް ތަފާތު އަގުތަކާއި ޑޭޓާ އެލަވަންސްތަކުގެ ޕޯސްޓްޕެއިޑް އަދި ޕްރީޕެއިޑް ޕްލޭންތައް ހިޔާރުކުރެވޭނެ. އަދި މިއާއެކު އެ ފަރާތްތަކުގެ ހުރިހާ ސްޓްރީމިން، ބްރައުސިން އަދި ގޭމިން ބޭނުންތަކަށް 500 އެމްބީޕީއެސްއާ ހަމައަށް އިންޓަނެޓް ސްޕީޑް ތަޖުރިބާ ކޮށްލެވޭނެ،" ޖަނާ ވިދާޅުވިއެވެ.
ދިރާގުގެ 5ޖީ ޓާބޯ ޕޯސްޓްޕެއިޑް ޕްލޭންތައް ނަގާ ކަސްޓަމަރުންނަށް ޑޭޓާ ރޯލްއޯވާ އާއެކު ބޭނުން ނުކުރާ ޑޭޓާ އެއް މަސް ދުވަހަށް ކުރިއަށް ގެންދެވޭނެއެވެ. އަދި މި ޕްލޭންތަކާ އެކު ހާއްސަ 5ޖީ ބޫސްޓާތައްވެސް ނެގޭނެއެވެ. ދިރާގުން ވަނީ ދާދި ފަހުން 549 ރުފިޔާގެ އާ 5ޖީ ޓާބޯ ވައިފައި ޕްލޭނެއްވެސް ތައާރަފުކޮށްފައެވެ.
ދިރާގުން ބުނީ، ހިލޭ 5ޖީ ރައުޓަރު ލިބޭ އޮފާ އާއި ދިރާގު 5ޖީ ޓާބޯ ވައިފައިއާ ބެހޭ އިތުރު މައުލޫމާތު https://bit.ly/3rklGxI ލިބޭނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު