މާފަންނު ގެއެއްގެ 10 ވަނަ ފަންގިފިލާއިން ފުންމާލި އަންހެނަކު މަރުވެއްޖެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު "ވަން" އަށް ވިދާޅުވީ، ކަސްޓަމްސް ކައިރީގައި ހުންނަ ގެއަކުން ފުންމާލި އަންހެނަކަށް އައިޖީއެމްއެޗް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް މަރުވެފައިވާ ކަމަށެވެ.

އެއީ ކޮން އުމުރެއްގެ މީހެއް އަދި ކޮން ގައުމެއްގެ މީހެއް ކަމެއް ފުލުހުން ނުބުނެއެވެ. ނަމަވެސް އެކަން ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.