އިޒްރޭލުގެ ކެބިނެޓް ދެ މިނިސްޓަރުން އިސްވެ ތިބެ ޔަހޫދީ ގްރޫޕަކުން އަލް-އަގްސާ މިސްކިތަށް ވަދެގަނެ، އަޅުކަން ކުރުމުން ރާއްޖެއިން އެކަން ކުށްވެރިކޮށްފިއެވެ.
ޔަހޫދީ ގްރޫޕަކުން ގޮސް އިޒްރޭލުން ގަދަކަމުން ހިފާފައިވާ އިރުމަތީ ޖެރޫސަލަމްގައި ހުންނަ އަލް-އަގްސާ މިސްކިތަށް ވަދެގަނެ، މިސްކިތުގެ ހުރުމަތް ކެނޑި މައްސަލައިގައި އިސްލާމީ ގައުމުތަކުން ގެންދަނީ ޔަހޫދީންގެ އެ އަމަލު ހަރުކަށި އިބާރާތުން ކުށްވެރި ކުރަމުންނެވެ.
އެކަމާ ގުޅޭގޮތުން ރާއްޖެއިން ނެރުނު ބަޔާނެއްގައި ބުނީ، އިޒްރޭލުގެ އެ އަމަލު ރާއްޖެއިން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. އަދި އެއީ، މުސްލިމުންގެ އެންމެ ގަދަރުވެރި އެއް ތަނުގެ ކަރާމާތް ނަގާލުން ކަމަށް ސަރުކާރުން ބުންޏެވެ.
ރާއްޖޭގެ ބަޔާނުގައި ބުނީ ދިވެހި ރައްޔިތުން ތިބީ ފަލަސްތީނުގެ ރައްޔިތުންނާއެކުގައި ކަމަށާއި ފަލަސްތީނުގެ ހައްގުގައި ވަކާލާތު ކުރުމުގައި ރާއްޖެއިން ދެމިހުންނާނެ ކަމަށެވެ.
އަލް-އަގްސާ މިސްކިތަށް އިއްޔެ ހެނދުނު ވަދެގަތް ޔަހޫދީ ގުރޫޕްގެ އިސް މީހަކަށް ހުރީ ހައްދުފަހަނަ އަޅާފައިވާ ނަތަންޔާހޫގެ ކެބިނެޓުގައި ހިމެނޭ ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރު ބެން-ގަވިއާ އެވެ. އަލްއަގްސާ މިސްކިތުގެ ގޯތި ތެރެއަށް މި ގްރޫޕް ގޮވައިގެން ބެން-ގަވިއާ ވަނީ ޔަހޫދީ ދީނުގެ ލަވަ ކިޔަމުންނެވެ.
އަލް-އަގްސާ އަކީ މުސްލިމުންގެ ތިން ވަނައަށް އެންމެ މުގައްދަސް މިސްކިތެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު