މިއަދު މާލެއަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާ ނުކުރެވޭ ކަމަށާއި ނަމަވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ވައިގަދަވެ އަދި ކަނޑުތައް ވެސް ވަރަށް ގަދަވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ބުނެފިއެވެ.ފިއެވެ.
މެޓް އޮފީހުގެ އޮފިޝަލަކު މިއަދު "ވަން" އަށް ވިދާޅުވީ މިއަދުގެ މޫސުން ދައްކާގޮތުން ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރާނެ ކަމަށާއި ނަމަވެސް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭ ވަރު އިއްޔެއަށް ވުރެ މަދު ކަމަށެވެ. ކުރިއަށް އޮތް 24 ގަޑިއިރު 17 މޭލާއި 27 މޭލާ ދެމެދުގައި ވައި ޖެހޭނެ ކަމަށާއި ވިލާގަނޑުގައި 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރާ ކަމަށެވެ.
ކަނޑުތައްވެސް ވަރަށް ގަދަވާނެއެވެ. އެހެންވެ، ކަނޑުދަތުރު ކުރާ މީހުން މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.
ރާއްޖެއަށް މިހާރު ކުރާ ވިއްސާރައަކީ ހުޅަނގު މޫސުމުގެ ވިއްސާރަ ކަމަށާއި ކުރިޔަށް އޮތް ތިން ދުވަހުވެސް މެދެ ރާއްޖެތެރޭގެ ކަންޑުތައް ގަދަވާނެ ކަމަށާއި ވިލާގަނޑުގައި ވައި ބާރުވާނެ ކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ.
ވާރޭ އެންމެ ބޯކޮށް ވެހޭނެ ކަމަށް ލަފާކުރެވެނީ ރާއްޖޭގެ ދެކުނާއި މެދުރާއްޖެ ތެރެއަށް ކަމަށާއި ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައި އުތުރުގެ ރަށްތަކަށްވެސް ވާރޭ ވެހުން އެކަށީގެންވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
"ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ. ހާއްސަކޮށް އުތުރުގެ އަތޮޅުތަކަށް. މެދުރާއްޖެތެރޭގެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ. ދެކުނުގެ ކަނޑުތައްވެސް އަދާއިގެ ވަރަކަށް ގަދަވެ ދެކުނުގައި ގަދަވާނެ ކަމަށް ލަފާކުރެވޭ،" އޮފިޝަލް ވިދާޅުވިއެވެ.
ފާއިތުވި 24 ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހުނީ މާލެއަށެވެ. އެއީ 89.4 މިލިލީޓަރުގެ ވާރޭއެވެ.
މެޓް އޮފީހުން ވަނީ ހއ. އަތޮޅުން ފެށިގެން އދ. އަތޮޅާއި ހއ. އިން ފ. އަތޮޅަށް ވެސް ވަނީ ރީދޫ ސަމާލު ވެސް ނެރެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު