ގަދަވަޔާއެކު މޫސުން ގޯސްވެ މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
އިހުގެ މަސްވެރީން ބުނާގޮތުގައި، މިހާރު މި ކުރަނީ ހުޅަނގުގެ ގަދަ ނަކަތެއް ކަމަށްވާ މާ ނަކަތުގެ ވިއްސާރައެވެ. މާނަކަތް ފެށުނީ އިއްޔެ އެވެ. ނިމޭނީ މި މަހުގެ 23 ވަނަ ދުވަހުއެވެ.
މެޓް އޮފިހުން މޫސުން ލަފާކޮށް ބުނީ މިއަދުގެ ހެނދުނު 9:00 އިން 15:00 އަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމަށެވެ.
ވައި ގަދަވެ ވައިގެ ބާރު މިނުގައި 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނެއް ހުންނާނެ ކަމަށް ލަފާކޮށްފައިވާއިރު ވިލާގަނޑުގައި 45 މޭލަށް ވައިދަގަވުން އެކަށީގެންވާ ކަމަށްވެސް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ. އަދި ކަނޑުތައް ގަދަވާނެ ކަމަށްވެސް މެޓް އޮފީހުން ބުންޏެވެ.
މެޓް އޮފީހުގެ ރެކޯޑް ކޮށްފައިވާ ގޮތުން ފާއިތުވި 24 ގަޑިއިރުތެރޭ ވާރޭ އެެންމެ ގިނައިން ވެހިފައިވަނީ އދ. މާމިގިއްޔަށެވެ. އެއީ 62.0 މިލިލީޓަރުގެ ވާރޭއެވެ.
ޚަބަރު
ޚަބަރު
ޚަބަރު