ބްރެޒިލްގައި ވެއްޓުނު ފްލައިޓުގައި ކެންސަރަށް ހާއްސަ 8 ޑޮކްޓަރުން ދަތުރުކުރި ކަމަށް އޮފިޝަލުން ބުނެފިއެވެ.
މިދިޔަ ހުކުރު ދުވަހު ބްރެޒިލްގެ ކަސާވެލް އިން ވެރިރަށް ސައުޕޯލޯއަށް ދަތުރުކުރި ފްލައިޓު ވެއްޓުނު ހާދިސާގައި އެއިން ދަތުރުކުރި 58 މީހުންނާއި ހަތަރު ފަޅުވެރީން ވަނީ މަރުވެފައެވެ.
ފްލައިޓު ވެއްޓުނު ހާދިސާގެ ތަހުގީގު ފަށާފައިވާއިރު އެއިން ދަތުރުކުރި އެންމެންގެ ހަށިގަނޑުތައް މިހާރު ފްލައިޓު ވެއްޓުނު ސަރަހައްދުން ނަގައި އާއިލާތަކާ ހަވާލުކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށްވެސް އޮފިޝަލުން ބުނެއެވެ.
ވެއްޓުނު ފްލައިޓުން ދަތުރުކުރި މީހުންގެ ތެރެއިން 8 މީހުންނަކީ ކެންސަރަށް ހާއްސަ ޑޮކްޓަރުން ކަމަށާއި އެމީހުން ދަތުރުކުރަމުން ދިޔައީ އޮންކޮލޮޖީ ކޮންފަރެންސެއްގައި ބައިވެރިވުމަށް ކަމަށް އޮފިޝަލުން ބުނެފައިވެއެވެ.
ކޮންފަރެންސްގައި ބައިވެރިވުމަށް ހަމަޖެހިފައިވާ 15 މީހުންގެ ތެރެއިން 8 މީހުން، ވެއްޓުނު ފްލައިޓުން ދަތުރުކޮށްފައިވާއިރު އަނެއް 7 މީހުން ވަނީ އޭގެ ކުރިން ދިޔަ ފްލައިޓުން ދަތުރުކޮށްފައި ކަމަށްވެސް އޮފިޝަލުން ބުނެއެވެ.
މަރުވި މީހުންގެ ތެރޭގައި 34 ފިރިހެނުންނާއި 28 އަންހެނުން ހިމެނޭކަމަށް ރެސްކިއު ޓީމުތަކާ ހަވާލާދީ ނޫސްތަކުން ބުނެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ