ސަރުކާރު ހިއްސާ 10 ކުންފުންޏެއްގެ ބޯޑުތަކުން ގިނަ ބަޔަކު ވަކިކޮށްފިއެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މިއަދު ބުނީ އެ ބަދަލުތައް ގެނެސްފައިވަނީ "ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒް ކުރުމާއި ކޯޕަރަޓައިޒް ކުރުމާއި އަދި މޮނިޓާކޮށް އިވެލުއޭޓް ކުރުމުގެ ގާނޫނޫ"ގެ ދަށުން ކަމަށެވެ. އެ ބަދަލުތައް ގެނެސްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށްވެސް ބުންޏެވެ.

އެ ބަދަލުތަކުގެ ތެރެއިން ވަކިކޮށްފައިވާ މީހުން:

  • އެޗްޑީއެފްސީގެ ބޯޑު މެންބަރު: މުހައްމަދު ރަޝީދު
  • އެޗްޑީއެފްސީގެ ބޯޑު މެންބަރު: ހާމިދު ސާދިގު
  • ޕޯސްޓްގެ ޗެއާޕާސަން: މުހައްމަދު އަބްދުﷲ
  • ޕޯސްޓްގެ ބޯޑު މެންބަރު: މުހައްމަދު ނާޝިދު
  • އައްޑޫ އެއާޕޯޓުގެ ބޯޑު މެންބަރު: ހުސެއިން މުހައްމަދުދީދީ
  • އައްޑޫ އެއާޕޯޓުގެ ބޯޑު މެންބަރު: ޝާތިފް އަލީ
  • އައްޑޫ އެއާޕޯޓުގެ ބޯޑު މެންބަރު: ޝަޒުރާ ޝާކިރު
  • ބީސީސީގެ ބޯޑު މެންބަރު: ލަމްޔާ އިބްރާހީމް
  • ބީސީސީގެ ބޯޑު މެންބަރު: އަހުމަދު އިފްތިހާރު
  • ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ބޯޑު މެންބަރު: ނަޖީލް އަހުމަދު
  • ފެނަކައިގެ ޗެއާޕާސަން: އަހުމަދު ޝަހީރު
  • ފެނަކައިގެ އެގްޒެކެޓިވް މެންބަރު: އިބްރާހިމް ނާއިފް
  • ފެނަކައިގެ ބޯޑު މެންބަރު: އަހުމަދު އީހާބް
  • ޕޮލިސް ވެލްފެއާގެ ބޯޑު މެންބަރު އަލީ ނަޒީރު
  • އެސްއެމްއީގެ ޗެއާޕާސަން: ޝުހާދު އިބްރާހިމް
  • ޓްރޭޑްނެޓް މޯލްޑިވްސްގެ ބޯޑު މެންބަރު ނާހިޔާ މުހައްމަދު
  • ވެމްކޯގެ ބޯޑު މެންބަރު: އަލީ ނަބީލް
  • ވެމްކޯގެ ބޯޑު މެންބަރު: މުސްތަފާ މުހައްމަދު
  • ވެމްކޯގެ ބޯޑު މެންބަރު: އަލީ އިކްރާމް
  • އެޗްޑީއެފްސީ ބޯޑު މެންބަރު ކަމަށް: ޒިދުނާ އިބްރާހިމް
  • ޕޯސްޓްގެ ބޯޑު މެންބަރު ކަމަށް: ހައްވާ ސަފްނާ