ފެނަކައިގެ ޗެއާމަނާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރެއް އަދި ބޯޑު މެންބަރެއް، ކުންފުނީގެ ބޯޑުން ވަކިކޮށްފިއެވެ.
"ވަން" އަށް ކަށަވަރުވެފައިވާ ގޮތުގައި ފެނަކައިގެ ބޯޑުން ވަކިކުރީ ޗެއާމަން އަހުމަދު ޝަހީރާއި ޑީއެމްޑީ އިބްރާހިމް ނާއިފް އަދި ބޯޑު މެންބަރު އަހުމަދު އިހާބެވެ. އެ ބޭފުޅުން ބޯޑުން ވަކިކޮށް، ލިޔުން ފޮނުވާފައިވަނީ އިއްޔެއެވެ.
އެކަމާ ގުޅޭގޮތުން "ވަން" އަށް މައުލޫމާތުދެއްވަމުން ޑީއެމްޑީ ނާއިފް ވިދާޅުވީ ވަކިކުރީ ބޯޑުން ކަމަށާއި ޑީއެމްޑީގެ މަގާމުން ވަކިކުރިކަން އަންގާފައިނުވާ ކަމަށެވެ. ނަމަވެސް ބޯޑުން ވަކިކުރި ސަބަބެއް އޭނާ ވިދާޅުވެފައެއް ނުވެއެވެ.
ޕްރައިވެޓައިޒޭޝަން ކޯޕަރޭޝަން ބޯޑު (ޕީސީބީ)ގެ ބަހެއް ލިބޭ ގޮތް ނުވުމުން، ޗެއާމަން ޝަހީރާއި އިހާބު ބޯޑުން ވަކިކުރި ސަބަބެއް ވެސް ކަށަވަރުވާ ގޮތް ވެފައެއް ނުވެއެވެ.
ފެނަކައިގެ ޗެއާމަން ޝަހީރަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ސަރުކާރުގައި 2015 އިން 2018 ގެ ނިޔަލަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުކަން ކުރެއްވި ބޭފުޅެކެވެ. އަދި ޑީއެމްޑީ ނާއިފަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާ ގާތް ބޭފުޅެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު